Monday, 26 October 2026
Ads by

ވޯލްޑް ޓްރެވަލް އެވާޑްސްގެ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުގެ އެވާޑަށް ވީއައިއޭ ނޯމިނޭޓްވެއްޖެ

ވޯލްޑް ޓްރެވަލް އެވާޑްސްގެ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުގެ އެވާޑަށް ވީއައިއޭ ނޯމިނޭޓްވެއްޖެ

33 ވަނަ އަހަރީ ވޯލްޑް ޓްރެވަލް އެވާޑްސްގެ ދުނިޔޭގެ ފެންވަރުގެ ދެ އެވާޑަކަށް ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނޯމިނޭޓްވެއްޖެއެވެ.

Ad Image
Ads by

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދޭ ގޮތުގައި ވީއައިއޭ ނޯމިނޭޓްވެފައިވަނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުގެ އެވާޑް (World’s Leading Airport 2026) އަދި ކަސްޓަމަރުންގެ ތަޖުރިބާއަށް އެންމެ ރަނގަޅު އެއާޕޯޓުގެ އެވާޑް (World’s Leading Airport – Customer Experience 2026) އަށެވެ.

ކަސްޓަމަރުންގެ ތަޖުރިބާގެ ކެޓަގަރީން ވީއައިއޭއާ ވާދަކުރާ ބައިނަލްއަގުވާމީ މަޝްހޫރު އެއާޕޯޓުތަކުގެ ތެރޭގައި ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ތުރުކީގެ އިސްތަންބޫލް އެއާޕޯޓާއި، އަބޫދާބީގެ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ.

މި ނޯމިނޭޝަންތައް ވީއައިއޭއަށް ލިބިފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ވޯލްޑް ޓްރެވަލް އެވާޑްސްގެ އިންޑިއަން އޯޝަން ގާލާގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުގެ މަގާމު ވީއައިއޭއިން ކާމިޔާބުކޮށްފައި ވަނިކޮށެވެ.

އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި މިފަދަ ބައިނަލްއަގުވާމީ ޝަރަފުވެރި އެވާޑްތަކަށް ވީއައިއޭ ނޯމިނޭޓްވުމަކީ، އެއާޕޯޓުގެ ޚިދުމަތްތައް ތަރައްގީކޮށް ފުޅާކުރުމަށާއި، ދަތުރުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް އުފުލުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ހިތްވަރެކެވެ.

މި އެވާޑްތަކަށް ވޯޓުލުން އޮކްޓޯބަރު 30 ގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތެރިންނާއި އާންމުންނަށް ވޯލްޑް ޓްރެވަލް އެވާޑްސްގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ވޯޓު ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
VAI
އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
funadhoo petorol
އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ގެ ހާއްސަ ޓީމެއް ފުނަދޫއަށް
Majlis_majilis2
ހޯމް ސްކޫލިން ތައާރަފްކުރުމަށް ތައުލީމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް
MACL VIA
ވޯލްޑް ޓްރެވަލް އެވާޑްސްގެ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުގެ އެވާޑަށް ވީއައިއޭ ނޯމިނޭޓްވެއްޖެ
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ