Ads by
ޚަބަރު
ވައްކަން ކުރުމާއި, އެކި ގޮތްގޮތުން އިންޒާރުދީ ބިރުދެއްކުމަކީ މުޖްތަމަޢުގެ އަމަން އަމާންކަން ގެއްލޭނެ ކަމެއް: ޚުތުބާ

ވައްކަން ކުރުމާއި, މުދާ ފޭރުމާއި އެކި ގޮތްގޮތުން އިންޒާރުދީ ބިރުދެއްކުމަކީ މުޖްތަމަޢުގެ އަމަން އަމާންކަން ގެއްލޭނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Eki Online

ހުތުބާގައި ބުނެފައިވަނީ މުޖްތަމައުގެ އަމަން އަމާންކަމާއި, ހަމަޖެހުމަކީ މާތްވެގެންވާ އިސްލާމްދީނުގައި, ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމެއް ކަމަށާއި އެކި ނަންނަމުގައި ޖަމާޢަތްތައް ހަދައި, ވައްކަން ކުރުމާއި, މީހުންގެ މުދާ ފޭރުމާއި, މީހުންނަށް އަނިޔާކުރުމާއި, އެކި ގޮތްގޮތުން އިންޒާރުދީ ބިރުދެއްކުމަކީ މުޖްތަމަޢުގެ އަމަން އަމާންކަން ގެއްލޭނެ ކަމެއް ކަމަށެވެ.

އަދި އެފަދަ ކަންތައްތަކަކީ އެކަންކަމަށް ބޮޑެތި އުގޫބާތްތައް ކަނޑައެޅިފައިވާ ކުށްތައް ކަމަށާއި ހަނދާންކުރަން ޖެހޭ އެއް ކަމަަކީ މާތްاللهގެ ދަރުމަވަންތަވެރިކަމުން ދިވެހީންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމުގައި ވުން ކަަމަށެވެ.

އިސްލާމްދީނަކީ އަމަން އަމާން އަމާންކަމާއި ސުލްހަވެރިކަމުގެ ދީނެއް ކަމަށާއި ތަބާވާން ޖެހޭނީ އިލާހީ މަންހަޖަށް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *