Sunday, 25 October 2026
Ads by

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފި

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފި

ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ދެ ޓީޗަރަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ad Image
Ads by

ފުލުހުންގެ މީޑިއާ އޮފިޝަލު މަޢުލޫމާތު ދެއްވި ގޮތުގައި، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 14 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 52 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. ގްރޭޑް 10 އަށް ހިސާބު ކިޔަވައިދެމުންދިޔަ އެ ޓީޗަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

މީގެ އިތުރުން، އުމުރުން 12 އަހަރާއި 13 އަހަރާ ދެމެދުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް މި މަހުގެ 17 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، އެ މައްސަލައިގައިވެސް 52 އަހަރުގެ ބިދޭސީ އިތުރު ފިރިހެން ޓީޗަރަކު ވަނީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައެވެ. ދަށް ގްރޭޑްތަކަށް އިނގިރޭސި ކިޔަވައިދެމުންދިޔަ އެ ޓީޗަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި 30 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

އެ ރަށުން ވާހަކަދެއްކި އާންމު ރައްޔިތަކު ހާމަކުރި ގޮތުގައި، ހައްޔަރުކުރެވުނު ދެ ޓީޗަރުންނަކީވެސް އެ ރަށު ސްކޫލުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ދެ މީހުންނެވެ. އަދި އެ ދެ މީހުން ދަރިވަރުންނަށް ޖިންސީ ގޯނާކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، މިފަހަރު އެ މީހުން ހައްޔަރުކުރީ ބޮޑު މައްސަލައެއް ފެންމަތިވުމާ ގުޅިގެން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Rape cases
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފި
MIRA-1
ގްރީން ޓެކްސްގެ ސުންގަޑިތަކަށް މީރާއިން ބަދަލު ގެނެސްފި
0790F08E-A2B5-4B0F-86F0-8F06D184DFE6
ދެކުނުގެ ރަށެއްގައި ޖިންސީ ގޯނާކުރި މައްސަލައިގައި 9 މީހުން ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި
IMG_9453
ވޭތުވެދިޔަ ހަފްތާގައި ކުއްލި ނުރައްކަލުގެ 20 ހާދިސާއެއް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި