Ads by
ޚަބަރު
ކުރިން ބުނި އެތި ކެންސަލް, ދެވަނަ ބުރުގައި ފާހަގަ ޖަހާނީ ކަށި އިނގިލީގައި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހުން ވޯޓުލީކަމުގެ ނިޝާން ވައަތުގެ މެދު އިނގިލީގައި ޖަހަން އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރިން ނިންމި ނިންމުން ކެންސަލްކޮށް، ވައަތުގެ ކަށި އިނގިލީގައި އެ ފާހަގަ ޖަހަން މިރޭ ނިންމައިފިއެވެ.

Ads by Eki Online

އީސީން މިއަދު ވަނީ ދެވަނަ ބުރުގައި ފާހަގަ ޖަހަން ހަމަޖެހިފައިވަނީ މެދު އިނގިލީގައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވާތީ ކޮމިޝަނުން މިރޭ ވިދާޅުވީ ވައަތުގެ މެދު އިނގިލީގެ ބަދަލުގައި ކަށި އިނގިލީގައި ފާހަގަ ޖެހުމަށް ނިންމާފައިވާ ކަމަށެވެ.

ފުރަތަމަ ބުރުގައި ފާހަގަ ޖެހީ ޝަހާދަތް އިނގިލީގައެވެ. ވޯޓު ކަރުދާސްކޮޅު އަތަށް ދިނުމުގެ ކުރިން އެ ފާހަގަ ޖަހާނީ ގިނަ ދުވަހަށް ދެލި ނުފިލާ ހުންނަ މާކަރަކުންނެވެ.

ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާއިރު، ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވާ ކަމަށް އީސީން ވިދާޅުވިއެވެ. އެއީ 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *