އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކަކީ އެމެރިކާގެ އަނެއް ”ނިމުމެއްނެތް ހަނގުރާމަ“ ކަމަށް ބުނެ އެމެރިކާގެ ސެނެޓަރު ކްރިސް ވަން ހޮލެން ވަރުގަދަ އިންޒާރެއް ދީފިއެވެ.
Trump’s illegal Iran war is turning into our next forever war.
8 months in, Trump & Republicans have deluded themselves into thinking the next strike or another bombing campaign will finally bring victory.
From Vietnam to Iraq, we know how this ends.
This war must end NOW. pic.twitter.com/2luu3tYRip
— Senator Chris Van Hollen (@ChrisVanHollen) October 24, 2026
އެމެރިކާގެ ސެނެޓަރު ކްރިސް ވަން ހޮލެން ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައި ވަނީ، ޓްރަމްޕް އީރާނާ ދެކޮޅަށް ހިންގަމުންދާ ’ޤާނޫނާ ޚިލާފު‘ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް އެމެރިކާއާއި އިޒްރޭލުން ރާވަމުންދާ ޚަބަރަކާ ޙަވާލާދީ ވަން ހޮލެން ބުނީ، ހަނގުރާމައަށް 8 މަސް ވެގެންދިޔައިރުވެސް ’ދެން ދޭ ޙަމަލާއަކުން ނޫނީ އިތުރު ބޮމެއް އަޅައިގެން ކާމިޔާބު ލިބޭނެ‘ ކަމަށް ޓްރަމްޕާއި ރިޕަބްލިކަން މީހުން ޤަބޫލުކުރުމަކީ އަމިއްލައަށް އޮޅުވާލާ އޮޅުވާލުމެއް ކަމަށެވެ.
އެމެރިކާއިން މީގެ ކުރިން ކުރި ވިއެޓްނާމް ހަނގުރާމައާއި، ޢިރާޤު ހަނގުރާމައަށް އިޝާރާތް ކޮށްފައި ވަން ހޮލެން ބުނީ، މިފަދަ ހަނގުރާމަތައް ނިމިގެންދާ ނިކަމެތި ގޮތް އެމެރިކާގެ ތާރީޚުން ފެންނަން އެބައޮތް ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ކުރާ މި ހަނގުރާމަ ”މިހާރުން މިހާރަށް“ ހުއްޓާލަންޖެހޭކަމަށް އޭނާ ގޮވާލިއެވެ.
އެމެރިކާގެ ޤާނޫނުހަދާ މަޖިލީސް، ކޮންގްރެސްގެ ގިނަ މެންބަރުން ދަނީ، ކޮންގްރެސްގެ ހުއްދައެއްނެތި ރައީސް ޓްރަމްޕް ކުރަމުންދާ މި ހަނގުރާމައަށް ހިނގާ ބޮޑު ޚަރަދާއި، އެމެރިކާގެ އަސްކަރީ ހަތިޔާރުތައް ހުސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.














