މައްކާއާއި މަދީނާ ސަރަޙައްދަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ސަޢޫދީގެ ވައިގެ ދިފާޢީ ބާރުތަކުން ކާމިޔާބުކަމާއެކު ވައްޓާލައިފިއެވެ. ސަޢޫދީ ސިވިލް ޑިފެންސުން ހާމަކުރި ގޮތުގައި، ޙޫޘީންގެ ކޮންޓްރޯލް އޮންނަ ސަރަޙައްދުތަކުން މައްކާއާއި މަދީނާ ޕްރޮވިންސަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވަނީ ވައިގެ ތެރޭގައި ގޮއްވާލައި، ނައްތާލާފައެވެ.
Civil Defense: Debris Falls After Interception of Two Ballistic Missiles Launched by Terrorist Houthi Militia Toward Makkah, Madinahhttps://t.co/7Vij2tHJHl#SPAGOV pic.twitter.com/FZRU8FgSbH
— SPAENG (@Spa_Eng) October 24, 2026
ސަޢޫދީ ދައުލަތުގެ ނިއުސް އޭޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކުރި ގޮތުގައި، މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލުމުން އޭގެ ބައިތަކާއި އެތިކޮޅުތައް (ޝްރެޕްނެލް) ވަނީ ސަޢޫދީގެ 4 ސަރަޙައްދަކަށް ވެއްޓިފައެވެ. މިސައިލްގެ ބައެއް ބައިތައް ވެއްޓުނީ ވާދީ އަލް-މަޣްމަސް އަވަށަށެވެ. ޝްރެޕްނެލްތައް ވެއްޓުނީ އާންމުން ދިރިއުޅޭ އަލް-ނުޒްހާ އަވަށަށެވެ. އަދި އިތުރު އެތިކޮޅުތައް ވެއްޓުނީ ވާދީ ޖަލީލް ސަރަޙައްދަށާއި މުސްތޫރާ އަވަށަށެވެ.
މި ޙާދިސާއާ ގުޅިގެން ސަޢޫދީ ސިވިލް ޑިފެންސާއި ސަލާމަތީ ބާރުތަކުން ވަނީ އެތިކޮޅުތައް ވެއްޓުނު ސަރަޙައްދުތަކަށް ގޮސް، ލިބުނު ގެއްލުންތައް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.














