Sunday, 25 October 2026
Ads by

އުރުދުންގެ އަލް-ކަރަކްގެ ފައްޅިއެއްގައި ދިން ބަޑީގެ ޙަމަލާއެއްގައި 7 މީހުން މަރުވެ 10 މީހުން ޒަޚަމްވެއްޖެ

އުރުދުންގެ އަލް-ކަރަކްގެ ފައްޅިއެއްގައި ދިން ބަޑީގެ ޙަމަލާއެއްގައި 7 މީހުން މަރުވެ 10 މީހުން ޒަޚަމްވެއްޖެ

އުރުދޫނުގެ ކަރަކްގެ ހަމޫދު އަވަށުގައި، ހަތިޔާރުއެޅި ބަޔަކު ބަޑިޖެހި ހާދިސާ ހިނގި ސެއިންޓް ޖޯޖް ގްރީކް އާތޮޑޮކްސް ޗާޗްގެ ބޭރުގައި ސެކިއުރިޓީ އޮފިސަރަކު ހުއްޓިހުރި މަންޒަރު. [ރޮއިޓާސް/ޢަލާއު އަލް ސުޚުނީ]

އުރުދުންގެ ދެކުނުގައިވާ އަލް-ކަރަކް ޕްރޮވިންސްގެ ނަޞާރާއިން އަޅުކަންކުރާ ފައްޅިއެއްގައި ބޭއްވި ޖަނާޒާއެއްގެ ތެރެއަށް ހަތިޔާރުއެޅި ދެމީހަކު ވަދެ ދިން ބަޑީގެ ޙަމަލާތަކެއްގައި މަދުވެގެން 7 މީހުން މަރުވެ، 10 މީހުން ޒަޚަމްވެއްޖެއެވެ.

Ad Image
Ads by

އުރުދުންގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، އޮކްޓޯބަރު 23 ވީ ހުކުރު ދުވަހު ކާރެއްގައި އައި ހަތިޔާރުއެޅި ދެމީހަކު ވަނީ ކަރަކްގައި ހުންނަ ހައްމޫދް އަޅުކަންކުރާ ތަނަށް ވަދެފައެވެ. އެވަގުތަކީ 150 އާއި 200 އާ ދެމެދުގެ ޢަދަދަކަށް މީހުން އެއްވެ އުޅުނު ޖަނާޒާއެއް ކުރިއަށްދިޔަ ވަގުތެކެވެ. މޫނު ނިވާކޮށްގެން ތިބި ދެމީހުން ވަނީ ގާތްގަނޑަކަށް 5 މިނެޓު ވަންދެން މީހުންގެ ގަޔަށް ވަކި އަމާޒެއްނެތި ބަޑިޖެހުމަށްފަހު ފިލާފައެވެ.

މި ޙަމަލާގައި މަރުވި 7 މީހުންނާއި ޒަޚަމްވި 10 މީހުންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން 50 އަހަރާއި 70 އަހަރާ ދެމެދުގެ އުމުރުން ދުވަސްވީ މީހުންނެވެ. ޒަޚަމްވި ބައެއް މީހުންގެ ޙާލަތު ސީރިއަސްކަމަށް ހޮސްޕިޓަލްތަކުން މައުލޫމާތުދެއެވެ. އުރުދުންގެ ސަލާމަތީ ބާރުތަކުން ދަނީ ޙަމަލާދިން ދެމީހުން ހޯދުމަށް ދެކުނުގެ ސަރަޙައްދުތަކުގައި ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

އުރުދުންގެ ކަރަކްއަކީ ނަޞާރާއިންގެ އާބާދީއެއްވެސް ދިރިއުޅޭ ސަރަޙައްދެކެވެ. މުޅި މެދުއިރުމަތީގައި ހަނގުރާމަ ފުޅާވެފައިވާ ދަނޑިވަޅެއްގައި، އުރުދުންގެ އެތެރޭގައި މިފަދަ ނުރައްކާތެރި ޙަމަލާއެއް ދިނުމަކީ އެޤައުމުގެ ސަލާމަތީ ބާރުތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
funadhoo petorol
ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑެއްގައި ރޯވެއްޖެ
20261025_055328
މައްކާއާއި މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވައްޓާލައިފި، ޖިއްދާއާއި ޠާއިފަށް މިސައިލްގެ ބައިތައް ވެއްޓިއްޖެ
shiyam
މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު
20261024_233930
އުރުދުންގެ އަލް-ކަރަކްގެ ފައްޅިއެއްގައި ދިން ބަޑީގެ ޙަމަލާއެއްގައި 7 މީހުން މަރުވެ 10 މީހުން ޒަޚަމްވެއްޖެ
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި