Saturday, 24 October 2026
Ads by

ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި

ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި

ނަޝީދު މިއަދު ހުޅުދޫގައި ބޭއްވެވި ޕްރެސްގައި ވާހަކަ ދައްކަވަނީ ----

ސ. ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދީ، ސަރުކާރަށް ސާފު މެސެޖެއް ދިނުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

Ad Image
Ads by

ހުޅުދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މި އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓަށް އެންމެ ވޯޓެއްވެސް ދިނުމުގެ މާނައެއް މިއަދު ނެތް ކަމަށެވެ. އަދި ސަރުކާރު ބަލިކުރުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓް ފާޠުމަތު މުނީރަށް ވޯޓު ދެއްވުމަށް ޕީއެންސީއާއި ޕީއެންއެފް އަދި އަދާލަތު ޕާޓީގެ މެންބަރުން ހިމެނޭހެން އެންމެހައި ރައްޔިތުންނަށް ނަޝީދު ގޮވާލެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ އަދި ޚާރިޖީ ސިޔާސަތުތައް ތަންފީޒު ކުރަމުންދަނީ އެއްވެސް އަމާޒެއް ނެތި، ދުވަހުން ދުވަހަށް ބަދަލުވަމުންދާ ގޮތަށް ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ޑޮލަރުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ފުރަތަމަ ނިންމި ނިންމުންތަކުންވެސް އެދެވޭ ނަތީޖާއެއް ނުފެނުނު ކަމަށެވެ. އެގޮތުން ކޮންމެ ފަތުރުވެރިއަކު 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހެދުމަށްފަހު، އެ ނިންމުން 20 އިންސައްތައަށް އަދި ފަހުން 40 އިންސައްތައަށް ބަދަލުކުރަން ޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގަން އުޅުނު ޓެކްސްވެސް އާންމުންގެ ނުރުހުމާއެކު އަނބުރާ ގެންދަން ޖެހުނުކަން ފާހަގަކުރައްވަމުން، މިހާރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްގައި ހުރީ އެންމެ ދެ ހަފްތާގެ އިމްޕޯޓަށް ފުދޭވަރުގެ ފައިސާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޚާރިޖީ މަސްރަޙާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ދުނިޔޭގެ ބާރުތަކުގެ ތިލަފަތް ބަދަލުވަމުންދާ ނާޒިކު ދަނޑިވަޅެއްގައި ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާއެކު އިންޑިއާއާއި ޕާކިސްތާނުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވައްދަވާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، މިފަދަ ސިޔާސަތުތަކުގެ ސަބަބުން ރައީސް މުޢިއްޒު ވެރިކަމުން ފައިބައިވަޑައިގަންނަވަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި