Sunday, 25 October 2026
Ads by

އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ

އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖެ އައުން -- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އަންނަ މަހު ބާއްވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ހާއްސަ ތަމްރީނު ކޭމްޕެއް ފެށުމަށް މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

Ad Image
Ads by

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޢުލޫމާތު ދޭ ގޮތުގައި، ދިވެހި ސަރުކާރުގެ ބޮޑު އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ދަތުރުގައި ފަލަސްތީނު ޓީމު ކޭމްޕު ކުރުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

މި ތަމްރީނު ކޭމްޕުގެ ތެރެއިން ފަލަސްތީނުގެ ޒުވާން ޓީމުން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ރޭވިފައެވެ. އެގޮތުން ފުރަތަމަ މެޗު އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗު ކުޅޭނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

މި މެޗުތަކަކީ ކޮލިފައިންއަށް ތައްޔާރުވަމުން އަންނަ ދިވެހިރާއްޖޭގެ ޒުވާން ޓީމަށްވެސް ބައިނަލްއަގުވާމީ މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެ މެޗުތަކެކެވެ. މީގެއިތުރުން މިއީ ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށްވެސް އެފްއޭއެމުން ފާހަގަކުރެއެވެ.

މި ކޭމްޕު އިންތިޒާމުކުރުމުގައި ދިވެހި ސަރުކާރާއި ކ. ގުރައިދޫ ކައުންސިލުން ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުމަށް އެފްއޭއެމުން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކުރިއަށްގެންދާ ތަމްރީނު ކޭމްޕު ނިންމާލުމަށްފަހު އެނބުރި ގައުމަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.

މީގެ ކުރިންވެސް ފަލަސްތީނުގެ ޒުވާން ޓީމުތަކާއި ސީނިއާ ފުޓުބޯޅަ ޓީމު ވަނީ ރާއްޖޭގައި ތަމްރީނުތަކާއި މެޗުތައް ކުޅެފައެވެ. އެގޮތުން 17 އަހަރުން ދަށުގެ ޓީމުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުވެސް ރާއްޖޭގައި ތަމްރީނު ކޭމްޕެއް ކުރިއަށްގެންގޮސްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި