Saturday, 24 October 2026
Ads by

1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި

1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި

ފިރުޢައުނީ އުޞޫލުތައް: އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާ ގޮސް އެތައް ގުނައެއް ނުބައްދަލު ބާރަކާއެކު ހަތިޔާރުވެސް ނެތް ބަޔަކަށް އަނިޔާވެރިވުމަށްފަހު، އެ މީހުން ރައްދުގައި ކަމެއްކުރުމުން ޖަމާޢީ އަދަބު ދިނުން. (ފޮޓޯ ކޮލޭޖް)

ވެސްޓު ބޭންކުގެ ޚަލީލް (ހިބްރޮން) ކައިރީގައި އިޒްރޭލު ސިފައިންގެ ދެ މީހަކު މަރުވި ބަޑީގެ ޙަމަލާއަށްފަހު، ހައްދުފަހަނައެޅި ޔަހޫދީ އިސްތިއުމާރީ ވެރިކަމުން ވަނީ މުޅި ވެސްޓު ބޭންކުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައި، ޚަލީލް ސިޓީ ބަންދުކޮށް ޙިޞާރުކޮށްފައެވެ.

Ad Image
Ads by

އިޒްރޭލުގެ ހަރުކަށި ފިކުރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، ވެސްޓު ބޭންކުގައި މިހާރު ރާވަމުންދާ އަސްކަރީ އޮޕަރޭޝަނަކީ 1967 ވަނަ އަހަރު އިޒްރޭލުން، އިރުމަތީ ޤުދްސް އަދި ޣައްޒާ ހިފިފަހުން އެ ސަރަޙައްދުގައި ހިންގާނެ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ކަމަށް ބުނެ އިންޒާރުދީފައެވެ. ނިރުބަވެރި އިޒްރޭލުގެ އަސްކަރީ ވެރިޔާ އޭޔާލް ޒަމީރު ވަނީ ޙަމަލާދިން ސަރަޙައްދަށް ޒިޔާރަތްކޮށް، ”ވަރުގަދަ ރައްދެއް“ ދޭނެކަމަށް ބުނެފައެވެ.

އިޒްރޭލު ސިފައިން ވަނީ ޚަލީލް ޕްރޮވިންސަށް ވަދެނުކުމެވޭހެން ހުރި ހުރިހާ މަގުތަކެއް ބަންދުކޮށް، ބުލްޑޯޒަރުތަކާއެކު އަވަށްތަކަށް ވަދެގަނެފައެވެ. ޚަލީލްގެ ފަރްޝް އަލް-ހަވާ ސަރަޙައްދުން މީހުން ދިރިއުޅޭ 3 އެޕާޓްމަންޓުގެ މުޅި ޢިމާރާތަކާއި، ވިޔަފާރި ކުރާ އެތައް ތަނެއް ވަނީ ބިމާހަމަކޮށްލާފައެވެ. މީގެ އިތުރުން ސްކޫލްތަކާއި ޔުނިވަރސިޓީތައް ބަންދުކޮށް، ދަތުރުފަތުރުގެ ޚިދުމަތްތައް ވަނީ ހުއްޓުވާފައެވެ.

އިޒްރޭލު ސިފައިން ވަނީ ނާބުލުސް، ޖެނީން، ޤަލްޤީލިޔާ، ރާމަﷲ އަދި ޤުދްސްގެ ކައިރީގެ އަވަށްތަކަށް ވަދެގަނެ، މަދުވެގެން 15 ފަލަސްޠީނުން ހައްޔަރުކޮށްފައެވެ. އަދި ފޭރިގެންފައިވާ ބިންތަކުގައި ދިރިއުޅެމުންދާ ހަރުކަށި ފިކުރު ޔަހޫދީ އާންމުންނާ ސިފައިން ގުޅިގެން ޒައިތޫނި ކަނޑަމުންދިޔަ ދަނޑުވެރިންނަށް 21 ޙަމަލާއެއް ދީފައިވާއިރު، ބުރިން އަވަށުން 17 އަހަރުގެ ކުއްޖަކާއެކު 3 މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ