Ads by
ޚަބަރު
އުމަރު ނަސީރުގެ ރަނިންމޭޓް މާޒް ސަލީމްގެ ތާއީދު ރައީސް ޞާލިޙަށް 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓު މާޒް ސަލީމް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދުކޮށް ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ.

Ads by Eki Online

މާޒް ސަލީމް މިއަދު ވަނީ ހުޅުމާލޭ ރުށްގަނޑު ސަރަހައްދުގައި މިއަދު އޮތް އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެވެ.

މާޒް ސަލީމް ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމާފައިވާއިރު އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން އުމަރު ވަނީ ނިންމަވައިފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ. ދެވަނަ ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމްލަ %39.05 ވޯޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *