Saturday, 24 October 2026
Ads by

ރައީސުލްޖުމްހޫރިއްޔާގެ މާލީ އިސްލާހީ އެޖެންޑާގެ ހެޔޮ ނަތީޖާ އަންނަނީ ފެންނަމުން: މާލީ ވަޒީރު

ރައީސުލްޖުމްހޫރިއްޔާގެ މާލީ އިސްލާހީ އެޖެންޑާގެ ހެޔޮ ނަތީޖާ އަންނަނީ ފެންނަމުން: މާލީ ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެކަށައެޅުއްވި މާލީ އިސްލާހީ އެޖެންޑާގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް މާލީ ކަންކަމާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

 ވަޒީރު މިހެން ވިދާޅުވީ މިއަދު ފެށި ”މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ނޮވެމްބަރު 2023 ގައި ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް އެކަށޭނަ، އަމިއްލަ މާލީ އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން އިސްނެންގެވިއެވެ. މި އިސްލާހީ އެޖެންޑާގެ މައިގަނޑު އަމާޒަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ބެހެއްޓުމެވެ. މި މަސައްކަތްތަކުގެ ނަތީޖާ މިހާރު ވެސް އަމަލީ ގޮތުން ފެންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ސަރުކާރުން ވަނީ 1.4 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދަރަނި ދެއްކުމަށް ހޭދަކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ދަރަނި އަދާކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރެވުނު މުއްދަތުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ދަރަނި އަދާކުރުމަކީ ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ނަމަވެސް، ހަގީގީ އިގްތިސާދީ ވިލުންތެރިކަމަކީ ހަމައެކަނި ކުރިމަތިވެފައިވާ މާލީ ޒިންމާތައް އަދާކުރުން އެކަނި ނޫން ކަމަށެވެ. އަދި ހަގީގީ ވިލުންތެރިކަމަކީ ކުރިމަތިވެދާނެ އިގްތިސާދީ ލޮޅުންތަކުން އަރައިގަނެވޭނެ ފަދަ ވަރުގަދަ އިގްތިސާދެއް ބިނާކުރުން ކަމަށާއި، އެކަން ހާސިލުވާނީ ދައުލަތުގެ މާލިއްޔަތު ހަރުދަނާކޮށް ބެލެހެއްޓުމާއި، އިތުބާރު ހުރި މާލީ ހިސާބުތައް ބެލެހެއްޓުމުގެ އިތުރުން ޖަވާބުދާރީވުން ވަރުގަދަކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9436
ރައީސުލްޖުމްހޫރިއްޔާގެ މާލީ އިސްލާހީ އެޖެންޑާގެ ހެޔޮ ނަތީޖާ އަންނަނީ ފެންނަމުން: މާލީ ވަޒީރު
big_Ebo8DAZCWoMuCcT82lVsBFOea
ސިޓީ ކައުންސިލުގެ ޤުރުއާނާއި މަދަޙަ މުބާރާތަށް ކުރިމަތިލާން ހުޅުވާލައިފި
20261020_142125
އިންޑިއާގެ އައްސާމްގައި 1،100 އަށްވުރެ ގިނަ މުސްލިމް ޢާއިލާތައް މަގުމަތިކޮށް، ގިނަ މިސްކިތްތަކާ ގެތަކެއް ބިމާހަމަކޮށްފި
large (1)
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ 4 ވަނަ ބެޗު 352 ޒުވާނުންނާއެކު އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ