Ads by
ޚަބަރު
ސިޔާސީ ވާދަވެރިކަމުގައި ސިހުރު ހަދާކަމުގެ އަޑުތައް ފެތުރެމުންދާތީ އެކަމުން ރައްކާތެރިވުމަށް އަދާލަތު ޕާޓީން އިލްތިމާސްކޮށްފި

ސިޔާސީ ވާދަވެރިކަމުގައި އިދިކޮޅު ފަރާތްތަކުން ސިހުރު ހަދާކަމުގެ އަޑުތައް ފެތުރެމުންދާތީ އެކަމުން ރައްކާތެރިވުމަށް އަދާލަތު ޕާޓީން އިލްތިމާސްކޮށްފިއެވެ.

Ads by Eki Online

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.މުޙައްމަދު އިޔާޒް ވިދާޅުވީ މި ވޭތުކުރަމުން ދަނީ ސިޔާސީ ގޮތުން ވަރަށް ހަލަބޮލި, ވާދަވެރި ދުވަސްވަރެއް ކަމަށާއި މިފަދަ ދުވަސްވަރެއްގައި ވާދަވެރިން ކާމިޔާބު ހޯދުމުގެ ނިޔަތުގައި އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ސިހުރުގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.

މިފަދަ ކަންކަމުގެ ސަބަބުން އެކަން ކުރާ މީހުން އިސްލާމްދީނުން ބޭރުވެގެންދާ ކަމަށާއި ސަބަބަކީ ސިހުރަކީ ކުފުރުގެ އަމަލަކަށް ވާތީއާއި ބޮޑުވެގެންވާ ހަތް ފާފައިގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ ކަމަށް އިޔާޒު ވިދާޅުވިއެވެ.

ސިހުރުވެރިއަކަށް ކުޑަ މިންވަރަކަށް ވެސް الله އަށް ޝިރުކު ކުރުމާ ނުލައި ނުހެދޭނެ ކަމަށާއި ސިހުރުގަ އަޅާ ފުރަތަަމަ ފިޔަވަޅަކީ ކުފުރުގެ އަމަލެއް ކަމަށް ވިދާޅުވިއެވެ.

މިކަމުން ސަލާމަތްވުމަށް ހެދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމަށް އިޔާޒް ވަނީ އިލްތިމާސްކޮށްފައެވެ. ޒިކުރުތައް ކިޔައިގެން ތިބެފި ނަމަ މާތް اللهގެ ރައްކާތެރިކަން ލިބިގަންނާނެ ކަމަށާއި ކިތަންމެ މޮޅު ސިހުރެއް ހެދި ކަމުގައިވީ ނަމަވެސް މާތް اللهގެ އިޒުނައާއި ނުލައި އޭގެ އަސަރެއް ނުކުރާނެ ކަމަށް އިޔާޒް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

12445 މަސް ކުރިން

ޢަނެއްކާ ވާހަކައެއް ވިހެއީ ދޮއްތަ ސިހުރު ގެ ކަންތަކާ އުޅެނީ އަދާލަތު ނޫންބާ ތަންކޮޅެއް ކުރިން

0
0
12445 މަސް ކުރިން

ޢަނެއްކާ ވާހަކައެއް ވިހެއީ ދޮއްތަ ސިހުރު ގެ ކަންތަކާ އުޅެނީ އަދާލަތު ނޫންބާ ތަންކޮޅެއް ކުރިން އިމްރާނު އުޅުނު މާފަންނު ސަހަރާ ކޮނެގެންވެސް

0
0
ވ5 މަސް ކުރިން

ސަހަރާއިންން.ކަށިނަގާގެން އަދާލަތުޕާޓީގެ ރައީސް ނޫޫތަސިހުރު ހަދަނީ ބުނައްވެސް ބުނޭނު އިތުބާރު ނެއްކަމަށް.ވޯޓުނަގައްޏާވެސް އިސްކޮންއުޅޭމީހަކުޖެހޭނީ އެޑުމެޓުކުރާށޭ އެހެންމެދީވެސް އަދިތިމަރަފަތް ހޯދާގެން ެސް ގެންދިޔައީ އަދާލަތުންނު

0
0
ހާއުފާ5 މަސް ކުރިން

ގުދޯގުދޯތަ ތިޔަގޮވަނީ. ކިޔޭ ނުކިޔޭއެއްވެސް އެނގޭހެނެއް ހިޔެއްނުވޭ.

0
0
މުހަންމަދު5 މަސް ކުރިން

މާތް اللهގެ ހެޔޮ ރަޚުމަތާއި ވާގިގުޅާއިއެކު އެކަލާނގެ އަހަރުމެން ރައްކާތެރިކުރައްވާނެ. ސިހުރު ޖެހޭނީ އެކަންކުރާ މީހާއާއި އަދި މަގުސަދެއް ހާސިލުކުރަން އެކަންކުރުވާ މީހަކަށް

0
0