Saturday, 24 October 2026
Ads by

ޢަރަބި ޤައުމުތަކުން ފަލަސްޠީނު ދައުލަތެއް ހެދުމަށް ގޮވާލަނީ އޮޅުވާލުމަށް، އެމީހުން ބޭނުންވަނީ ވެރިކަން ދަމަހައްޓަން: ނަތަންޔާހޫ

ޢަރަބި ޤައުމުތަކުން ފަލަސްޠީނު ދައުލަތެއް ހެދުމަށް ގޮވާލަނީ އޮޅުވާލުމަށް، އެމީހުން ބޭނުންވަނީ ވެރިކަން ދަމަހައްޓަން: ނަތަންޔާހޫ

ޓެލްއަވީވްގައި ހުރި ބިލްބޯޑުތަކުން ދަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ސަޢުދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އިސްވެ ތިބިއިރު، ސޫރިޔާ، ލުބުނާން، ބަޙްރެއިން، މޮރޮކޯ، އޮމާން، ޔޫ.އޭ.އީ، މިޞްރު، އުރުދުން އަދި ފަލަސްޠީނުގެ ވެރިން ހިމެނޭ ގޮތަށް އައު 'އަބްރަހަމް އެލަޔަންސް' (އަބްރަހަމްގެ އިއްތިޙާދު) އަކަށް ހިތްވަރުދެމުންނެވެ. (މިޑްލް އީސްޓް މޮނިޓަރ)

ޢަރަބި ޤައުމުތަކުން ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރުމަށް އެދި ދައްކާ ވާހަކަތަކަކީ އާންމުންނަށް އޮޅުވާލުމަށް ދައްކާ ”ދޮގު“ ވާހަކަތަކެއް ކަމަށާއި، އެމީހުން ސިއްރިއްޔާތުގައި އެދެނީ އަމިއްލަ ވެރިކަން ދަމަހައްޓަންކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

Ad Image
Ads by

ސަޢޫދީ ޢަރަބިއްޔާ ފަދަ ޢަރަބި ޤައުމުތަކުން އިޒްރޭލާއެކު ގުޅުން ބަދަހިކުރަން (ނޯމަލައިޒް ކުރަން) ފަލަސްޠީނު ދައުލަތެއް ހެދުން ޝަރުޠުކުރާ ކުރުމާ މެދު ސުވާލުކުރުމުން، ނަތަންޔާހޫ ވަނީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ. ނަތަންޔާހޫ ބުނީ ޢަރަބި ވެރިން ސިއްރު ބައްދަލުވުންތަކުގައި އިޒްރޭލަށް ”ތިމަންނަމެން އެހެން ބުނަންޖެހެނީއޭ، ނަމަވެސް އެއީ ތެދެއް ނޫނޭ“ ބުނާ ކަމަށެވެ.

ނަތަންޔާހޫ ހާމަކުރި ގޮތުގައި، ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކުން ފަލަސްޠީނުގެ މައްސަލައާމެދު ”އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ“. އެމީހުންގެ އެންމެ ބޮޑު ބޭނުމަކީ އެމީހުންގެ އަމިއްލަ ވެރިކަމާއި ސަރުކާރުތައް ދަމަހައްޓައި، އެމެރިކާއާއި އިޒްރޭލުގެ ރައްކާތެރިކަން ހޯދުމެވެ.

މި ވާހަކަތަކުން އެނގިގެންދަނީ، އިނގިރޭސިންނާއި ފްރާންސުން މެދުއިރުމަތި ބައިބައިކޮށް، ’ސައިކްސް-ޕިކޯ‘ އެއްބަސްވުމުގެ ދަށުން އުފެއްދި ޤައުމީ ދައުލަތްތަކުގެ ވެރިން ވަނީ އަމިއްލަ މަޞްލަޙަތާއި ވެރިކަން ދެމެހެއްޓުމަށްޓަކައި ފަލަސްޠީނުގެ ޙައްޤުތައް އެއްކޮށް ދޫކޮށްލާފައިކަމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
images (3)
ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއް ހެދުމުން އިންޑިއާ ކަންބޮޑުވެދާނެތީ ނަޝީދު ނުރުހިއްޖެ
images (2)
އިންވެސްޓްމަންޓްތަކަށް މަރުޙަބާ، އެކަމަކު ރަސްމާލެ މަޝްރޫޢުގެ މަޢުލޫމާތު ހާމަކުރަންޖެހޭ: ފައިސަލް
FB_IMG_1792812611345
ވަގުތުގެ މުވައްޒަފުންގެ އެންމެ ދަށް މުސާރަ 21،000 ރުފިޔާއަށް ބޮޑުކޮށްފި
20261023_221240
ޢަރަބި ޤައުމުތަކުން ފަލަސްޠީނު ދައުލަތެއް ހެދުމަށް ގޮވާލަނީ އޮޅުވާލުމަށް، އެމީހުން ބޭނުންވަނީ ވެރިކަން ދަމަހައްޓަން: ނަތަންޔާހޫ
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ