Ads by
ޚަބަރު
އައްޑޫގައި ދުވަސްވީ މީހަކު ބަނދެ، ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އައްޑޫ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް.. ފޮޓޯ: އަވަސް

އައްޑޫ މަރަދޫގައި އުމުރުން ދުވަސް މީހެއް ދިރިއުޅެމުންދިޔަ ގެއަކަށް ވަދެ ބަނުމަށް ފަހު ފައިސާތަކެއް ފޭރިގަނެފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Eki Online

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ, މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް މީހަކު ވަދެ އެގޭގައި ދިރިއުޅޭ މީހާ ބަނުމަށްފަހު ފޭރިގެންފައިވާ މައްސަކައަކާއި ގުޅިގެން 50 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެެވެ.

މި މައްސަލާގައި އަނިޔާލިބުނު މިހާ، ޓީޝާޓެއް ބޭނުން ކޮށްގެން ބަނދެފައިވަނިކޮށް ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި، އެމީހާގެ ހުންނަ ހަމުގެ ބައްޔެއްގެ ސަބަބުން، އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެއީ 81 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 06:12 އެހައިކަންހާއިރުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *