Ads by
ޚަބަރު
ދެވަނަ ބުރުގައި ވޯޓުލާ މީހުން ވަކިކުރަން ފާހަގަ ޖަހާނީ ވައަތުގެ މެދު އިނގިލީގައި 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހުން ވަކިކުރަން ފާހަގަ ޖަހާނީ ވައަތުގެ މެދު އިނގިލީގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Ads by Eki Online

އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްގައިވާ ގޮތުގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މި ފާހަގަ ޖަހާނީ ވޯޓުލާން ދާ މީހާގެ ވައަތު މެދު އިނގިލީގައެެވެ.

މީގެ ކުރިން ވޯޓުލީކަމުގެ ފާހަގަ އަބަދުވެސް ޖަހަނީ ވައަތު ޝަހާދަތް އިނގިލީގައެވެ. ނަމަވެސް ކައިރި ކައިރީގައި އިންތިހާބު ބާއްވާނަމަ ފާހަގަ ޖަހާ އިނގިލި ބަދަލުކުރެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،804 މީހަކަށެވެ. އަލަށް 409 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

މި އިންތިހާބުގައި ރާއްޖެއިން ބޭރުގެ 5 ތަނެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ  އަބޫދާބީއާއި، އިންޑިއާގެ ޓްރެވިންޑަރަމްއާއި، ސްރީލަންކާގެ ކޮލަންބޯއާއި، އިނގިރޭސިވިލާތުގެ ލަންޑަނާއި، މެލޭޝިއާގެ ކުއަލަލަންޕޫރުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *