Saturday, 24 October 2026
Ads by

ނޭޝަނަލް ވޮލީބޯލް ލީގު 2026 ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބަށް

ނޭޝަނަލް ވޮލީބޯލް ލީގު 2026 ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބަށް

’ނޭޝަނަލް ވޮލީބޯލް ލީގު 2026’ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު(ޑީއެސްސީ)އިން ހޯދައިފިއެވެ.

Ad Image
Ads by

އެމްއެންޑީއެފުން ހާމަކުރިގޮތުގައި ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ސޯޝަލް ސެންޓަރުގައި އޮކްޓޫބަރު 15އިން 21އަށް ކުރިއަށްގެންދިޔަ ’ނޭޝަނަލް ވޮލީބޯލް ލީގު 2026’ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދާފައިވަނީ ކުޅުނު 4 މެޗު ވެސް ކާމިޔާބުކޮށްގެންނެވެ.

އެގޮތުން އޮކްޓޫބަރު 15ވަނަ ދުވަހު ހަވީރު ލަޔަންސްއާ ވާދަކޮށް 3-0 ސެޓުން ޑީއެސްސީންމެޗު ކާމިޔާބުކުރި އިރު، ޑީއެސްސީން ކުޅުނު ދެވަނަ މެޗުގައި އޮކްޓޫބަރު 18ވަނަ ދުވަހުގެ ރޭ ކުލަބް އެމްޓީސީސީއާ ވާދަކޮށް، 3-1 ސެޓުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި ދެ މެޗުގެ ވެސް ޕްލެއަރ އޮފް ދަ މެޗުގެ މަޤާމު ލިބިފައި ވަނީ ޕާކިސްތާނު ކުޅުންތެރިޔާ، ޑީއެސްސީގެ ޖާޒީ ނަންބަރު 9، ފަހަދު ރަޒާއަށެވެ.

އެމްއެންޑީއެފުން ބުނީ މި ލީގުގައި ޑީއެސްސީން ކުޅުނު ތިންވަނަ މެޗުގައި އޮކްޓޫބަރު 19ވަނަ ދުވަހުގެ ހަވީރު ޕޮލިސް ކުލަބާ ބައްދަލުކޮށް 3-0 ސެޓުން މޮޅުވެ، ޑީއެސްސީން ކުޅުނު ހަތަރުވަނަ މެޗުގައި އޮކްޓޫބަރު 21ވަނަ ދުވަހުގެ ރޭ އެޗްޑީސީއާ ބައްދަލުކޮށް 3-1 ސެޓުން ޑީއެސްސީން މެޗު ކާމިޔާބުކުރި އިރު، މި ދެ މެޗުގެ ޕްލެއަރ އޮފް ދަ މެޗުގެ މަޤާމު ލިބިފައި ވަނީ ޑީއެސްސީގެ ޖާޒީ ނަންބަރު 10، ކޯޕްރަލް ޙުސައިން ރައްޒާންއަށް ކަމަށެވެ.

އަދި އޮކްޓޫބަރު 21ވަނަ ދުވަހުގެ ރޭ ސޯސަލް ސެންޓަރުގައި ’ނޭޝަނަލް ވޮލީބޯލް ލީގު 2026‘ ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. އަދި މި ލީގުގެ ރަނައަޕް ޓީމް، ޕޮލިސް ކުލަބަށް މެޑަލް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

’ނޭޝަނަލް ވޮލީބޯލް ލީގު 2026’ގައި ދިވެހި ސިފައިންގެ ކުލަބު ޓީމުގެ ކުޅުންތެރިން ފަޚުރުވެރި ހަތް މަޤާމެއް ވަނީ ހާސިލުކޮށްފައެވެ. އެގޮތުން ޖާޒީ ނަންބަރު 10، ކޯޕްރަލް ޙުސައިން ރައްޒާން ’ބެސްޓް އޮޕޮސިޓް ޕްލެޔަރ‘ އާއި ’މޯސްޓް ވެލިއުބަލް ޕްލެޔަރ‘ ގެ މަޤާމު ހޯދާފައި ވާ އިރު، ޖާޒީ ނަންބަރު 6، ސްޓާފް ސާޖަންޓް ޙުސައިން ޝާހިދަށް ’ބެސްޓް ސެޓަރ’ގެ މަޤާމު އަދި ޖާޒީ ނަންބަރު 14، ސްޓާފް ސާޖަންޓް އާދަމް ނަސީމަށް ’ބެސްޓް އައުޓްސައިޑް ހިޓަރ’ގެ މަޤާމު ވަނީ ލިބިފައެވެ.  މީގެއިތުރުން، އާދަމް ފައިރޫޒަށް ’ބެސްޓް މިޑްލް ބްލޮކަރ’ގެ މަޤާމު ލިބިފައި ވާ އިރު، ’މޯސްޓް ވެލިއުބަލް ފޮރިނަރ’ގެ މަޤާމު ލިބިފައި ވަނީ ޕާކިސްތާނުގެ ކުޅުންތެރިޔާ، ޖާޒީ ނަންބަރު 9، ފަހަދު ރަޒާއަށެވެ.  އަދި ’މޯސްޓް ވެލިއުބަލް ކޯޗު’ގެ މަޤާމު ލިބިފައި ވަނީ ދިވެހި ސިފައިންގެ ކުލަބުގެ ސާޖަންޓް ފަސްޓް ކްލާސް ޖުނައިދު ޢަބްދުﷲއަށެވެ.

މި ލީގް ނިންމުގެ ރަސްމިއްޔާތުގައި ބައެއް ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ދިވެހި ސިފައިންގެ ކުލަބުގެ އިސް ފަރާތްތަކާއި އެކިރޭންކުތަކުގެ ސިފައިން ބައިވެރިވެލައްވާފައިވާކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9436
ރައީސުލްޖުމްހޫރިއްޔާގެ މާލީ އިސްލާހީ އެޖެންޑާގެ ހެޔޮ ނަތީޖާ އަންނަނީ ފެންނަމުން: މާލީ ވަޒީރު
big_Ebo8DAZCWoMuCcT82lVsBFOea
ސިޓީ ކައުންސިލުގެ ޤުރުއާނާއި މަދަޙަ މުބާރާތަށް ކުރިމަތިލާން ހުޅުވާލައިފި
20261020_142125
އިންޑިއާގެ އައްސާމްގައި 1،100 އަށްވުރެ ގިނަ މުސްލިމް ޢާއިލާތައް މަގުމަތިކޮށް، ގިނަ މިސްކިތްތަކާ ގެތަކެއް ބިމާހަމަކޮށްފި
large (1)
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ 4 ވަނަ ބެޗު 352 ޒުވާނުންނާއެކު އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ