Ads by
ޚަބަރު
މަޖިލީހަށް 6 ދާއިރާ އިތުރުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ބައިވެރިވަނީ

އަންނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބީކަމުގެ ދާއިރާތަކަށް އައިސްފައިވާ ބަދަލުތައް އާންމުކޮށް، އެބަދަލުތަކަށް ޝަކުވާ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

Ads by Eki Online

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ރިޕޯޓް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީގެ 72 ވަނަ މާއްދާގައިވާގޮތުންގެ މަތިންނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިންކަމަށެވެ.

މަޖިލިސް އިންތިހާބުގައި އިތުރުވި 6 ދާއިރާ:
• ހުޅުމާލެ މެދު ދާއިރާ
• ހުޅުމާލެ އުތުރު ދާއިރާ
• ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
• ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
• ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
• ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)

ރައްޔިތުންގެ މަޖިލީހަށް 6 ދާއިރާއެއް އުތުރުވުމާއެކު ބައެއް ދާއިރާތަކުގެ ނަމަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާއަށް، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ވަނީ ބަދަލުވެފައެވެ.

އަދި މިބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާ އަށް ނިސްބަތްވާ ރަށް އެކަންޏެވެ. މަޖިލީހުގެ އިންތިޚާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2023 އޮކްޓޫބަރު 19 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް އިކެލްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުންނެވެ. ނަމަވެސް 2024 ގައި ހޮވާ މަޖިލީހަށް ހަ ގޮނޑިއެއް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު, ދެން އިންތިހާބު ކުރާ މަޖިލީހުގެ ޖުމްލަ ގޮނޑީގެ އަދަދު 93 އަށް އަރާނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *