Saturday, 24 October 2026
Ads by

ފިނިމޫސުމުގެ ތަކުލީފު ކުޑަކުރުމަށް ވީއައިއޭގެ ޓާމިނަލް 2 އަށް 10 އެއާލައިނެއް ބަދަލުކުރަނީ

ފިނިމޫސުމުގެ ތަކުލީފު ކުޑަކުރުމަށް ވީއައިއޭގެ ޓާމިނަލް 2 އަށް 10 އެއާލައިނެއް ބަދަލުކުރަނީ

ވީއައިއޭ ޓާމިނަލް 2 ---

ކުރިއަށް އޮތް ފިނި މޫސުމުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެއާޕޯޓުގެ ކިއުތައް ދިގުވުން ކުޑަކުރުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިދުމަތްދޭ ބައިނަލްއަގްވާމީ 10 އެއާލައިނެއްގެ ޗެކްއިން އިންތިޒާމުތައް އެއާޕޯޓުގެ ޓާމިނަލް 2 އަށް ބަދަލުކުރަން ނިންމައިފިއެވެ.

Ad Image
Ads by

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަނޑައަޅާފައިވާ ގޮތުގައި، އަންނަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މުޅި ވިންޓަރ ސީޒަނުގެ ނިޔަލަށް މި ބަދަލަށް އަމަލުކުރަން ހަމަޖެހިފައިވެއެވެ. މި ބަދަލާއެކު ދަތުރުވެރިންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވި، އެއާޕޯޓުގެ ދެ ޓާމިނަލްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެއެވެ.

އާ ޓާމިނަލުން ޗެކްއިންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެއާލައިންތަކުގެ ތެރޭގައި އިޓަލީގެ ނިއޯސް، ރަޝިޔާގެ އޭރޯފްލޮޓާއި އަޒުރް އެއަރ، ސައިބީރިއާގެ އެސް ސެވަން އެއަރލައިންސް، ޔޫއެސް-ބަންގްލާ އެއަރލައިންސް، އުޒްބެކިސްޓާންގެ ސެންޓްރަމް އެއަރ، އަރުމީނިއާގެ ޝިރަކް އަވިއާ، ކުވައިތު އެއަރވޭސް، ބަލްގޭރިއާގެ ގުލިވް އެއަރ އަދި ފްރެންޗް ބީ ހިމެނެއެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ޒަމާނީ ވަސީލަތްތަކާއެކު އަލުން ހުޅުވި ޓާމިނަލް 2 ގައި 27 ޗެކްއިން ކައުންޓަރާއި، އައު ލަގެޖް ސިސްޓަމްތަކުގެ އިތުރުން ކެއިންބުއިމުގެ ޚިދުމަތްތަކާއި، ނަމާދުކުރާ ކޮޓަރި އަދި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަޙައްދެއް ވަނީ ގާއިމުކޮށްފައެވެ.

އެމްއޭސީއެލް އިން ވަނީ އޮކްޓޫބަރު 25 އިން ފެށިގެން މި 10 އެއާލައިނުން ފުރާ މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކުން ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ވަޑައިގަތުމަށާއި، ފުރުމުގެ ކަންކަން ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ވަޑައިގަތުމަށް އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި