Ads by
ޚަބަރު
އެމްޑީއޭއިން މުއިއްޒަށް ތާއިދުކުރަން ނިންމުމުން ޕީޕީއެމުން މަރުހަބާ ކިޔައިފި

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރަން އެމްޑީއޭއިން ނިންމި ނިންމުން ބަލައިގަނެ އެ ނިންމުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮލިޝަނުން މަރުހަބާ ކިޔައިފިއެވެ.

Ads by Eki Online

އެމްޑީއޭ އިން ރޭ ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމެއްގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒަށް ތާއީދު ކުރަން ފާސްކުރީ 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެމްޑީއޭއިން މިގޮތަށް ނިންމުމާއި ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއިިއްޒަށް ތާއިދު ކުރައްވަން އެމްޑީއޭއިން ނިންމުމަކީ ޝުކުރުވެރިވާ ކަމެއް ކަމަށާއި އެ ނިންމުން ބަލައިގަންނަ ކަމަށެވެ.

އަދި އެ ކޯލިޝަންގެ ލިޑަރުންގެ ނަމުގައި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމަށް އިދިކޮޅުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމްޑީޕީ އާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމުމާއި ގުޅިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ އެމްޑީއޭގެ ނިންމުމަކީ ގޯސް ނިންމުމެއްކަން އެ ޕާޓީއަށް ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *