Saturday, 24 October 2026
Ads by

ޕާކިސްތާނުގެ މެހުމާންދާރީއަށް ރައީސްގެ ހާއްސަ ޝުކުރެއް

ޕާކިސްތާނުގެ މެހުމާންދާރީއަށް ރައީސްގެ ހާއްސަ ޝުކުރެއް

ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބެހެއްޓެވި ގާތްކަމަށާއި އަދާކުރެއްވި ހޫނު މެހުމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކަމަށާއި، މިއީ ރާއްޖެއާއި ޕާކިސްތާނުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ޒަމާންވީ އެކުވެރިކަން މުރާޖައާކުރައްވައި، ގުޅިގެން ކުރިއަށްދާނެ މުހިންމު ދާއިރާތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ސިއްހަތު، ތައުލީމު، ތިމާވެށި، ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، އަދި ދިފާއީ ދާއިރާ ހިމެނެއެވެ. މީގެއިތުރުން އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، ތަމްރީނު ދިނުމުގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި މަޝްވަރާތަކުގެ ތެރެއިން، މިހާރު ދެ ގައުމުގެ ދެމެދުގައި އޮތް 13 މިލިއަން ޑޮލަރުގެ އަހަރީ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އެއްބަސްވެވިފައެވެ. އަދި ރާއްޖޭގައި ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ހާއްސަ މަޝްރޫއަށް ޕާކިސްތާނުން ވެދިން އަގުހުރި އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. މިއީ ދެ ގައުމުގެ އިގްތިސާދީ އަދި ތިމާވެށީގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ދަތުރުފުޅުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާއަށް ސިޔާސީ އަދި ބައިނަލްއަގުވާމީ ގުޅުންތަކުގެ ދާއިރާއިން ޝަރަފުވެރި ޕީއެޗްޑީ އަރުވާފައިވާއިރު، އެމަނިކުފާނު ވަނީ އެއީ ދިވެހިރާއްޖެއަށާއި އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު 20 ފަހުމުނާމާއަކީ ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގައި ފެށުނު އައު، އުއްމީދީ ބާބެއް ކަމަށާއި، މި ކަންކަން ކުރިއަށް ގެންދިއުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ ރައީސްގެ ޕޯސްޓު ނިންމަވާލެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ