އީރާނާއެކު ސުލްޙައިގެ އެއްބަސްވުމަކަށް ވާސިލުވުމަކީ ”އިންތިހާއަށް އުނދަގޫ“ ކަމެއްކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ބުނެފިއެވެ.
އެމެރިކާގެ މީޑިއާތަކަށް މަޢުލޫމާތު ދެމުން ރޫބިއޯ ބުނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އާންމު ވިޔަފާރި ބޯޓުތަކަށް އީރާނުން ދޭ ޙަމަލާތައް ހުއްޓާނުލަނީސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް (އިޤްތިޞާދީ ފިޔަވަޅުތައް) އުވާނުލާނެ ކަމަށެވެ. އަދި އީރާނުގެ ސިޔާސީ މަސްރަޙު އޮތްގޮތުން ސުލްޙައިގެ އެއްބަސްވުމަކަށް އާދެވުން ވަރަށް ދަތިކަމަށް އޭނާ ފާހަގަކުރިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، ތެހެރާންގެ ޝަރުޠުތަކަށް އެމެރިކާއިން އެއްބަސްނުވާނަމަ ހޮރްމޫޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށެވެ. ނަމަވެސް، ޕާކިސްތާނާއި ޤަޠަރު މެދުވެރިކޮށް ދެޤައުމުގެ ދެމެދުގައި ވަކިވަކިން ނުސީދާ މަޝްވަރާތައް ކުރިއަށްދާކަން އޭނާ ކަށަވަރުކޮށްދިނެވެ.
މީގެ އިތުރުން، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ، އީރާނުން ނިއުކްލިއަރ ހަތިޔާރެއް ހޯދުމަށް ފުރުޞަތު ނުދޭނެކަމަށް ބުނެ، އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ޙަމަލާތަކެއް ދިނުމަށް އެމެރިކާ ތައްޔާރަށް އޮތްކަމުގެ އިންޒާރު ދީފައެވެ.














