Tuesday, 17 November 2026
Ads by

ރައީސް މުޢިއްޒަށް ޕާކިސްތާނުން އަރުވާ ރަސްމީ މަރުޙަބާގެ ކުލަގަދަ ރަސްމިއްޔާތު މާދަމާ ”ޕްރައިމް މިނިސްޓާސް ހައުސް“ގައި

ރައީސް މުޢިއްޒަށް ޕާކިސްތާނުން އަރުވާ ރަސްމީ މަރުޙަބާގެ ކުލަގަދަ ރަސްމިއްޔާތު މާދަމާ ”ޕްރައިމް މިނިސްޓާސް ހައުސް“ގައި

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ޚާއްޞަ ދައުވަތަކަށް އެ ޤައުމަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ކުލަގަދަ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

Ad Image
Ads by

އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ”ޕްރައިމް މިނިސްޓާސް ހައުސް“ގައި މާދަމާ ބާއްވާ މި ރަސްމިއްޔާތަކީ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ބާއްވާ އެންމެ ޚާއްޞަ އެއް ހަރަކާތެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދިވެހި ދައުލަތުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދުން ފެށިގެން އޮކްޓޫބަރު 22 ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެ ޤައުމުން ވަނީ ޢަސްކަރީ އެންމެ މަތީ ޝަރަފު ކަމުގައިވާ 21 ބަޑީގެ ސަލާމަކާއެކު ރަތްދޫލައިގެ މަތީ އިޙްތިރާމް އަރުވާފައެވެ. މިއީ ވޭތުވެދިޔަ 10 އަހަރަށްވުރެ ދިގު މުއްދަތަކަށްފަހު ދިވެހި ޒައީމަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

މި ތާރީޚީ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އިޤްތިޞާދީ، ތަޢުލީމީ އަދި ދިފާޢީ ދާއިރާތަކުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން އިސްލާމީ އުއްމަތުގެ ބޮޑެތި ޤައުމުތަކާއެކު އޮންނަ އަޚުވަންތަކަމުގެ ގުޅުން އައު އުސްމިންތަކަކަށް ގޮސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި