Saturday, 24 October 2026
Ads by

އިންޑިއާގެ އައްސާމްގައި 1،100 އަށްވުރެ ގިނަ މުސްލިމް ޢާއިލާތައް މަގުމަތިކޮށް، ގިނަ މިސްކިތްތަކާ ގެތަކެއް ބިމާހަމަކޮށްފި

އިންޑިއާގެ އައްސާމްގައި 1،100 އަށްވުރެ ގިނަ މުސްލިމް ޢާއިލާތައް މަގުމަތިކޮށް، ގިނަ މިސްކިތްތަކާ ގެތަކެއް ބިމާހަމަކޮށްފި

އިންޑިއާގެ އައްސާމްގައި 1,100 އަށްވުރެ ގިނަ އާއިލާ ގެދޮރުން ބޭރުކޮށްލައި 10 އަށްވުރެ ގިނަ މިސްކިތް ބިމާހަމަކޮށްލާފައިފި. (ފޮޓޯ ކްރެޑިޓް: ވީޑިއޯ ސްކްރީން ގްރެބް/ އެކްސް)

އިންޑިއާގެ އައްސާމް ސްޓޭޓްގައި ބީޖޭޕީ ސަރުކާރުން މުސްލިމު އާބާދީތަކަށް އަމާޒުކޮށް ހިންގަމުންދާ ހަރުކަށި ސިޔާސަތުތަކުގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި، ނަގައޮން، ހޮޖާއީ، އަދި ގޮލާޣަޓް ޑިސްޓްރިކްޓްގައި ދިރިއުޅޭ 1،100 އަށްވުރެ ގިނަ މުސްލިމް ޢާއިލާތަކުގެ ގެދޮރު ތަޅާލައި، އެމީހުން މަގުމަތިކޮށްލައިފިއެވެ.

Ad Image
Ads by

އޮކްޓޯބަރ 17 އަދި 18 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ލުޓުމާރީ ލޯންގްޖަޕް ރިޒަރވް ފޮރެސްޓް ސަރަޙައްދުގައި ހުރި 50 އަހަރަށްވުރެ ގިނަ ދުވަސްވީ 10 އަކަށްވުރެ ގިނަ މިސްކިތްވެސް ވަނީ ބުލްޑޯޒަރު ބޭނުންކޮށްގެން ބިމާ ހަމަކޮށްލާފައެވެ.

އައްސާމް ސަރުކާރުން ބުނާގޮތުގައި މިއީ ޙިމާޔަތްކޮށްފައިވާ ޖަންގަލީގެ ބިންތަކެއް ޤަވާއިދާ ޚިލާފަށް ހިފައިގެން އުޅޭތީ އެ ބިންތައް އަތުލުމަށް ހިންގި ޤާނޫނީ އޮޕަރޭޝަނެކެވެ. ނަމަވެސް، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ބުނާގޮތުގައި އެމީހުންނަކީ ޤަވާއިދާ ޚިލާފަށް ބިން ހިފައިގެން އުޅޭ ބައެއް ނޫނެވެ. އެމީހުން ބުނަނީ 1974 ވަނަ އަހަރު، ޖަންގަލީގެ މަސައްކަތްކުރާ މީހުންގެ ގޮތުގައި (’ތައުންގްޔާ‘ ނިޒާމުގެ ދަށުން) އެމީހުންގެ ކާބަފައިން އެތަނުގައި ވަޒަންވެރިކުރުވީ ސީދާ ސަރުކާރުންނެވެ.

މި މައްސަލައިގައި ޢާންމުންގެ ފަރާތުން ގުވާހާޓީ ހައިކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، ކޯޓުން ނިންމާފައިވަނީ ސަރުކާރާ އެއްކޮޅަށެވެ. އަދި އެ މީހުންނަކީ އެތަނުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބައެއްކަމަށް ކަނޑައަޅައި، އެ ބިންތައް ހުސްކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އައްސާމްގައި ހިންގާ މިފަދަ ބިން ހުސްކުރުމުގެ އޮޕަރޭޝަންތަކަކީ މުސްލިމުންނަށް (ޚާއްޞަކޮށް ބެންގާލީ މުސްލިމުންނަށް) އަމާޒުކޮށްގެން ސަރުކާރުން ހިންގަމުންދާ ނިޒާމީ ހަރަކާތްތަކެކެވެ. އެކަށީގެންވާ ބަދަލެއް ނުވަތަ ބޯހިޔާވަހިކަމެއް ނުދީ، މިފަދަ ގޮތަކަށް އެތައް ހާސް ބަޔަކު މަގުމަތިކުރުމަކީ ބޮޑުވެގެންވާ އިންސާނިއްޔަތާ ޚިލާފު އަމަލެއްކަމަށް އެ ފަރާތްތަކުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20261020_142125
އިންޑިއާގެ އައްސާމްގައި 1،100 އަށްވުރެ ގިނަ މުސްލިމް ޢާއިލާތައް މަގުމަތިކޮށް، ގިނަ މިސްކިތްތަކާ ގެތަކެއް ބިމާހަމަކޮށްފި
large (1)
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ 4 ވަނަ ބެޗު 352 ޒުވާނުންނާއެކު އިފުތިތާޙުކޮށްފި
IMG_9434
އަރުމޭނިއާގެ ޝިރަކް އޭވިއާއިން ރާއްޖެއަށް ދަތުރުތައް ފަށަނީ
images (3)
ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއް ހެދުމުން އިންޑިއާ ކަންބޮޑުވެދާނެތީ ނަޝީދު ނުރުހިއްޖެ
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ