Saturday, 24 October 2026
Ads by

ކާބަން ވިއްކުމުގެ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލައިފި، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އާންމުކުރުން

ކާބަން ވިއްކުމުގެ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލައިފި، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އާންމުކުރުން

އެންވަމަންޓް މިނިސްޓަރ ޢަލީ ޝަރީފް.. ފޮޓޯ| މިނިސްޓްރީ

ރާއްޖޭގައި ކާބަން ވިއްކުމުގެ ވިޔަފާރި ނުވަތަ ކާބަން ކްރެޑިޓް ޓްރޭޑިން ފެށުމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދުގެ ފުރަތަމަ ދެލިކޮޕީ އެކުލަވާލައި ނިމިފައިވާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އެ ގަވާއިދު ގެޒެޓްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ވަޒީރު މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކާބަން ކްރެޑިޓް ޓްރޭޑިންއަކީ ދުނިޔެ ހޫނުވުން ކުޑަކުރުމުގެ ގޮތުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ ވިޔަފާރިއެކެވެ. މި ނިޒާމުގެ ދަށުން ގަސް އިންދުމާއި، އިރުގެ ހަކަތަ ފަދަ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގައިގެން ޖައްވުން ކާބަން މަދުކުރާ ކުންފުނިތަކަށާއި ގައުމުތަކަށް ލިބޭ ކާބަން ކްރެޑިޓް ބައިނަލްއަޤްވާމީ ބާޒާރުގައި ވިއްކުމުގެ ފުރުސަތު ލިބެއެވެ.

ވަޒީރު ވިދާޅުވީ، ކާބަން މާކެޓް ފުޅާކުރުމަށްޓަކައި ގާނޫނީ އަދި ގަވާއިދުގެ އޮނިގަނޑު ފުރިހަމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، މިހާރު ކުރިއަށްދަނީ އެކުލަވާލެވުނު ފުރަތަމަ ޑްރާފްޓް މުރާޖަޢާކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ގެޒެޓްކުރުމަށް އަމާޒު ހިފާފައިވާ މި ގަވާއިދުގައި، ކަމާބެހޭ އިދާރީ ޒިންމާތަކާއި، ކްރެޑިޓް ބަލަހައްޓާނެ މެތޮޑޮލޮޖީގެ އިތުރުން ރެކޯޑްތަކާއި ރިޕޯޓްތައް ބަލަހައްޓާނެ އުސޫލުތައް ބަޔާންކުރެވިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މާކެޓުގައި ކާބަން ވިއްކުމަށްޓަކައި އެކަށީގެންވާ ފެންވަރަކަށް ކޮލިޓީ ރަނގަޅުކުރަންޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކާބަން މަޝްރޫޢުތަކަކީ ބޮޑު ޚަރަދެއް ހިނގާ މަޝްރޫޢުތަކެއް ކަމުން އެފަދަ ކަންކަމުން ފައިދާ ހޯދުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެހެންކަމުން މި މެކޭނިޒަމްގެ ތެރެއިން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ބޮޑެތި މަޝްރޫޢުތައް މެދުވެރިކޮށް ކާބަން މާކެޓް ފުޅާވެގެން ދިއުމަކީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް މި ދާއިރާއިން އިންވެސްޓްކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި