Ads by
ޚަބަރު
އަޅުގަނޑުމެން މިތިބީ ރައީސް ޞާލިޙާއެކު, އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރާނެ: އަދާލަތު

ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލިނަމަވެސް، އަދާލަތު ޕާޓީން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއެކު ކަމަށް އަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ.

Ads by Eki Online

އިމްރާން މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލައި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު ކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް ތާއީދުކުރުމުގައި ދެމި އޮތް ކަމަށެވެ.

މީގެ އިތުރުން އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރައީސް ޞާލިޙާއި އެމްޑީޕީއަށް ތާއީދުކުރާ މީހުންނާއެކުގައި ކުރާނެ ކަމަށްވެސް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *