Saturday, 24 October 2026
Ads by

ރައްޔިތުންނަށް ނުލިބޭ އިނާޔަތްތަކެއް މެންބަރުންނަށް ލިބޭކަށް ބޭނުމެއް ނޫން: ހުސައިން ހަމީދު

ރައްޔިތުންނަށް ނުލިބޭ އިނާޔަތްތަކެއް މެންބަރުންނަށް ލިބޭކަށް ބޭނުމެއް ނޫން: ހުސައިން ހަމީދު

ދިވެހި ރައްޔިތުންނަށް ނުލިބޭ ފަދަ މާބޮޑެތި އިނާޔަތްތަކާއި މަންފާތަކެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށާއި، އިންޝުއަރެންސް ޕްރީމިއަމް އަމިއްލަ މުސާރައިން އުނިކުރަން ތައްޔާރަށް ހުންނެވި ކަމަށް މެންބަރު ޙުސައިން ޙަމީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެންބަރު ޙުސައިން ޙަމީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ޚާއްޞަ ހެލްތު އިންޝުއަރެންސާ ގުޅިގެން ޢާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން، އެ އިނާޔަތް ކަނޑާލުމަށް އެދި މަޖިލީހަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން މިއަދު މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މިހާރު މެންބަރުންނަށް ލިބިވަޑައިގަންނަވާ އިންޝުއަރެންސަކީ މި ދައުރުގެ މަޖިލީހުން އެދިގެން ނުވަތަ އަލަށް ފާސްކޮށްގެން ދޭ އެއްޗެއް ނޫން ކަމަށާއި، އެއީ މާ ކުރިން ޤާނޫނަކުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް ނުލިބޭ އިނާޔަތްތަކެއް މެންބަރުންނަށް ލިބުމަކީ އެދޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އާސަންދައަށް ކުރާ ބުރަ ކުޑަކުރުމަށް ޚިޔާލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، މަހަކު 30،000، 40،000 ނުވަތަ 50،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ކޮންމެ ދިވެހި ރައްޔިތަކުވެސް އިންޝުއަރެންސް ޕެކޭޖަކަށް އަމިއްލައަށް ޕްރީމިއަމް ދައްކައިގެން ޚިދުމަތް ހޯދާނެ ނިޒާމެއް ޤާއިމުކުރަންޖެހޭ ކަމަށެވެ.

”ހަޤީޤަތުގައި އަޅުގަނޑުމެން ރައްޔިތުންނަށްޓަކައި އަޅުގަނޑުވެސް މިހުރީ ތައްޔާރު، އަޅުގަނޑުމެންގެ މުސާރައިން އެ ދެހާސް ރުފިޔާ އުނިކޮށްފައި އިންޝުއަރެންސް ސްކީމުގައި ބައިވެރިވާން. އެހެންވީމަ މީއަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން،“ ޙުސައިން ޙަމީދު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމަށްޓަކައި ސަރުކާރުންވެސް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ބޮޑު މުސާރަ ލިބޭ ފަރާތްތަކުން އަމިއްލައަށް އިންޝުއަރެންސް ޕްރީމިއަމް ދައްކަންޖެހޭ ގޮތަށް ނިޒާމު ބަދަލުކުރުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
images (3)
ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއް ހެދުމުން އިންޑިއާ ކަންބޮޑުވެދާނެތީ ނަޝީދު ނުރުހިއްޖެ
images (2)
އިންވެސްޓްމަންޓްތަކަށް މަރުޙަބާ، އެކަމަކު ރަސްމާލެ މަޝްރޫޢުގެ މަޢުލޫމާތު ހާމަކުރަންޖެހޭ: ފައިސަލް
FB_IMG_1792812611345
ވަގުތުގެ މުވައްޒަފުންގެ އެންމެ ދަށް މުސާރަ 21،000 ރުފިޔާއަށް ބޮޑުކޮށްފި
20261023_221240
ޢަރަބި ޤައުމުތަކުން ފަލަސްޠީނު ދައުލަތެއް ހެދުމަށް ގޮވާލަނީ އޮޅުވާލުމަށް، އެމީހުން ބޭނުންވަނީ ވެރިކަން ދަމަހައްޓަން: ނަތަންޔާހޫ
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ