Saturday, 24 October 2026
Ads by

ތިލަފުށީގައި ޤާއިމްކުރާ އިންސިނަރޭޓަރު 2028ގެ މެދުތެރޭގައި ބޭނުންކުރަން ފަށަނީ

ތިލަފުށީގައި ޤާއިމްކުރާ އިންސިނަރޭޓަރު 2028ގެ މެދުތެރޭގައި ބޭނުންކުރަން ފަށަނީ

މިރޭ ކުރިއަށްދިޔަ 'އަހާ' ފޯރަމްގެ ތެރެއިން.. ފޮޓޯ| ރައީސް އޮފީސް

ކ. ތިލަފުށީގައި ޤާއިމްކުރަމުންދާ އިންސިނަރޭޓަރުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމައި، ބޭނުންކުރަން ފެށޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި, ޕީއެސްއެމް ގުޅިގެން ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު އަލީ ޝަރީފް ވިދާޅުވީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފައިބަރުގެ މަސައްކަތް ކުރަމުންދަނީ ތިލަފުށީގައި ކަމަށެވެ. އަދި ފައިބަރަކީ ވަކި އުސޫލުތަކެއްގެ ދަށުން ރައްކާތެރިކަމާއެކު ނައްތާލަންޖެހޭ އެއްޗަކަށް ވާތީ، ރާއްޖޭގެ އެކި ރަށްރަށުން ވެސް ފައިބަރުގެ ބާވަތްތައް ތިލަފުއްޓަށް ގެންނަމުންދާ ކަމަށާއި، މިތަކެތި ރަނގަޅު ނިޒާމެއްގެ ދަށުން މެނޭޖްކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންސިނަރޭޓަރުގެ މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިހާރު ވަރަށް އަވަހަށް މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

”ދުވަސްތަކެއް ވަންދެން ހުއްޓިފައި ހުރުމަށްފަހު، މިހާރު އަނެއްކާ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. އެއާއެކު ގިނަ ވަމުންދާ ފައިބަރައަށް ބޮޑު ހައްލެއް ލިބިގެންދާނެ. ޕްލޭންއަކީ 2028 ވަނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށުން. މިހާރު ނިމިފައިވަނީ 40 އިންސައްތަ. ކޮންޓްރެކްޓަރުގެ މައްސަލައާއި މަސައްކަތް ހުއްޓިފައި ހުރުމަށް ފަހު، މިހާރު އައު ކޮންޓްރެކްޓަރާއެކު މަސައްކަތް ދަނީ ކުރަމުން،“ ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ތިލަފުށީގައި ޤާއިމުކުރާ ވޭސްޓް-ޓު-އެނާޖީ (ކުނިން ހަކަތަ އުފައްދާ) ޕްލާންޓުގެ މަސައްކަތްވެސް 2028 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމައި، ބޭނުންކުރަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމުގެ ޤާބިލުކަން ލިބިފައިވާ، އަދި 13 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ލިބިގެންވާ ޕްލާންޓެކެވެ.

ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ޕްލާންޓް ބޭނުންކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއިން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުގެ ތެރެއިން އަހަރަކު 40،000 މެޓްރިކް ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުކުރުން ހުއްޓުވޭނެއެވެ.

މީގެއިތުރުން، މި ޕްލާންޓުން އުފައްދާ ކަރަންޓުގެ ތެރެއިން މައި ގްރިޑަށް ފޯރުކޮށްދޭ 10 މެގަވޮޓުގެ ހަކަތައާއެކު، ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރު ސަލާމަތް ކުރެވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ. މި މަޝްރޫޢަކީ ތިލަފުށީގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
images (3)
ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއް ހެދުމުން އިންޑިއާ ކަންބޮޑުވެދާނެތީ ނަޝީދު ނުރުހިއްޖެ
images (2)
އިންވެސްޓްމަންޓްތަކަށް މަރުޙަބާ، އެކަމަކު ރަސްމާލެ މަޝްރޫޢުގެ މަޢުލޫމާތު ހާމަކުރަންޖެހޭ: ފައިސަލް
FB_IMG_1792812611345
ވަގުތުގެ މުވައްޒަފުންގެ އެންމެ ދަށް މުސާރަ 21،000 ރުފިޔާއަށް ބޮޑުކޮށްފި
20261023_221240
ޢަރަބި ޤައުމުތަކުން ފަލަސްޠީނު ދައުލަތެއް ހެދުމަށް ގޮވާލަނީ އޮޅުވާލުމަށް، އެމީހުން ބޭނުންވަނީ ވެރިކަން ދަމަހައްޓަން: ނަތަންޔާހޫ
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ