Ads by
ޚަބަރު
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ ސަމާލުވުމަށް އެދިއްޖެ

ތަފާތު އެކި ނަންނަމުގައާއި އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަންނަމުގައި، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

Ads by Eki Online

ފުލުހުން ބުނީ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށްޓަކައި ފޭސްބުކް، އިންސްޓަރގްރާމް ނުވަތަ މިނޫނަސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައް ޝެއަރކުރަމުންދާކަމަށާއި އަދި އެކިކަހަލަ މުދާ އޮންލައިންކޮށް ވިއްކުމުގައިވެސް މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް އެ ޚިދުމަތަށް ހުށަހެޅެމުންދާ ކަމަށެވެ.

ހަމައެއާއެކު، ދަންނަ ރަހުމަތްތެރިއެއްކަމަށް ހެދިގެން އެކި މީހުންނަށް ގުޅައި، އޭނާގެ އާއިލާ މީހަކު ނުވަތަ ރައްޓެއްސަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އުޅޭކަމަށާއި ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށްޓަކައި ވަރަށް އަވަހަށް ފައިސާ ދައްކަން ޖެހޭކަމަށް ބުނެ އަނބުރާ ދައްކާގޮތަށް ފައިސާ ދިނުމަށް އެދޭކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

އަދި އެގޮތަށް ގުޅާއިރު، އެމީހާގެ އަތުގައި ހުރީ، ބެންކު އޮފް މޯލްޑިވްސް ނޫން އެހެން ބެންކެއްގެ އެކައުންޓެއްގައި ހުރި ޔޫއެސް ޑޮލަރު ކަމަށާއި، އެ ބެންކު މެދުވެރިކޮށް ފައިސާ ފޮނުވިކަން ދެއްކުމުގެ ގޮތުން ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސްލިޕް ފޮނުވުމަށް ފަހު މަކަރާއި ހީލަތުން ފައިސާ ހޯދާކަން ފާހަގަކުރެވިފައިވާކަމަށާއި އެ ސްލިޕްތަކަކީ ޞައްޙަ އެއްޗެއް ނޫންކަމަށެވެ.

މީގެ އިތުރުންވެސް އެކި ކަލަހަ ވާހަކަތައް ދައްކައިގެން އެކިއެކި ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެފަދަ ކޯލުތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި، އޮންލައިންކޮށް ތަކެތި ގަންނަ އިރުވެސް އެ ވިޔަފާރި ކުރެވެނީ ރަނގަޅު ބައެއްގެ އަތުންތޯ ކަށަވަރު ކުރުމަށާ އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އެކިކަހަލަ މައްސަލަތަކުން ރައްކާތެރިވުމަށް އެ ޚިދުމަތުން އިލްތިމާސްކޮށްފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *