Saturday, 24 October 2026
Ads by

އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ބޭނުންވާ އިކުއިޓީ ހިލޭ ދިނުމަށް 4 މާލީ އިދާރާއަކާއެކު ސޮއިކޮށްފި

އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ބޭނުންވާ އިކުއިޓީ ހިލޭ ދިނުމަށް 4 މާލީ އިދާރާއަކާއެކު ސޮއިކޮށްފި

އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށް ބޭންކުތަކުން ނަގާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ފައިސާ، އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދިނުމުގެ މަޝްރޫޢުގެ ދަށުން މާލީ ހަތަރު އިދާރާއަކާއެކު މިއަދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވަލަޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.

މި ޕްރޮގްރާމަކީ އެކި ފަންތީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ތަކުލީފުތަކަށް ޖުމްލަ ހައްލެއް ގެނެސްދިނުމަށް އެކުލަވާލާފައިވާ ފުޅާ ސިޔާސަތެކެވެ. މީގެ ތެރޭގައި ސަރުކާރުން ސީދާ އަޅާ ފްލެޓްތަކާއި، އަމިއްލަ ފަރާތްތަކާ ގުޅިގެން ހަދާ އަގުހެޔޮ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރުމަށް މާލީ އެހީތެރިކަން ދިނުން ހިމެނެއެވެ.

ވޯލްޑް ބޭންކާއި ކަމާބެހޭ ވުޒާރާ ގުޅިގެން ހެދި ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި، ދިވެހިންނަށް އަމިއްލަ ގޯތީގައި ގެދޮރު އެޅުމުގައި ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ޑައުންޕޭމަންޓް ނުވަތަ އިކުއިޓީގެ ގޮތުގައި ދައްކަން ޝަރުތުކުރާ ފައިސާ ނެތުމެވެ. އެހެންކަމުން އަލަށް ތަޢާރަފުކުރި މި އުސޫލުގެ ދަށުން، އަލަށް ގެދޮރު ބިނާކުރާ ފަރާތްތަކަށް ބޭންކުން ލޯނު ހަމަޖެހުމާއެކު ބޭނުންވާ އިކުއިޓީ ސަރުކާރުން ހިލޭ ދައްކައިދޭނެއެވެ. ނަމަވެސް، އެގޮތަށް އިމާރާތްކުރާ ގެދޮރު ވަކި މުއްދަތެއްގެ ތެރޭގައި ވިއްކާލައިފިނަމަ، ސަރުކާރުން ދިން ފައިސާ އަނބުރާ ހޯދާނެއެވެ.

މި އުސޫލު ހިނގާނެ ގޮތުގެ މިސާލަކަށް ބަލާއިރު، އެއް މިލިއަން ރުފިޔާގެ ޚަރަދަކުން އަޅާ ތިން ކޮޓަރީގެ ގެއަކަށް ބޭނުންވާ އިކުއިޓީގެ ގޮތުގައި ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާ ސަރުކާރުން ހިލޭ ދޭނެއެވެ. އަދި ބާކީ އަށް ލައްކަ ރުފިޔާ ހަމަޖައްސާނީ ބޭންކު ލޯނުގެ ތެރެއިންނެވެ.

މިދިޔަ އަހަރު ހިންގި 5 އިންސައްތައިގެ ލޯނު ސްކީމުގައި ބައިވެރިވީ ހަމައެކަނި ބީއެމްއެލްއިން ކަމަށްވާއިރު، އެ ބޭންކުން ވަނީ 800 އަށް ވުރެ ގިނަ ފަރާތަކަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ. އެހެން ނަމަވެސް، މިފަހަރު ގެނެވުނު ހަރުދަނާ ބަދަލުތަކާއެކު އިތުރު ފައިނޭންސިންގ އިދާރާތަކަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ މަގު ވަނީ ތަނަވަސްވެގެން ގޮސްފައެވެ.

މި ސްކީމުގެ ފުރަތަމަ މަރުހަލާ އަމާޒުކޮށްފައިވަނީ މާލޭގައި އަމިއްލަ ގޯތި އޮވެ، އިކުއިޓީ ފައިސާ ނުދެއްކިގެން ގެދޮރު ނޭޅިފައި ތިބި އާއިލާތަކަށެވެ. އަދި ކުރިއަށް އޮތް ފިޔަވަހިތަކުގައި ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ބިންތަކަށް ވެސް މި ފުރުސަތު ފުޅާކުރެވިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
މޫސ
މޫސ
5 ދުވަސް ކުރިން

ކޮބާ އަތޮޅުތަޢް ! އަތޮޅުތަކުގައި ތިބީ ދިވެހި ރަޢްޔިތުން ނޫންތޯ !!!!!!

Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި