އއ. ފެރިދޫ ހެލްތް ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށްދާ ދާ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ، ރޫފިން ބީމް ކޮންކްރީޓްގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ރޫފް ބީމް ކިއުރިންގެ މަސައްކަތް ކަމަށެވެ.
ފެރިދޫ ހެލްތު ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.
މި މަޝްރޫއަކީ 7.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއާއެކު ރާއްޖޭގެ ގިނަ މީހުން ދިރިއުޅޭ ރަށްތަކެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.














