Ads by
ޚަބަރު
ރިޔާސީ އިންތިޚާބާއި ގުޅިގެން އޭސީސީން ބަލަމުންދާ މައްސަލަތަކުގެ ތަފުސީލް ހާމަކޮށްފި

ރިޔާސީ އިންތިޚާބާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަތަކުގެ ތަފުސީލު އެ ކޮމިޝަނުން އާންމުކޮށްފިއެވެ.

Ads by Eki Online

އިންތިޚާބާއި ގުޅިގެން މިހާތަނަށް ސިޔާސީ ޕާޓީތަކުން 3 މައްސަލައާއި އިލެކްޝަންސް ކޮމިޝަންގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން 4 މައްސަލައާއި އަމިއްލަ ފަރުދުން 26 މައްސަލައާއި އަދި ކާކުކަން ނޭނގޭ ގޮތަށް 28 މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

އެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް 29 މައްސަލައެއް ރަޖިސްޓްރީކޮށް ބަލަމުންއަންނަ ކަމަށް އޭސީސީން ބުނެފައިވެއެވެ.

ރަޖިސްޓަރީ ކުރެވުނު މައްސަލަތަކުގެ ތެރޭގައި އިންތިޚާބީ ރިޝްވަތާއި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އެކި ވަސީލަތްތައް ބޭނުންކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން އާންމު ކޮށްފައިވާ ބައެއް މައްސަލަތައް:

ބިންވެރިޔާ ސްކީމާ ގުޅޭ އެކި މައްސަލަތައް,

އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000 ބޮޑުކުރުން,

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެލަވަންސެއް ދިނުމަށް ހަމަޖެއްސުން,

އިންތިޚާބާ ދިމާކޮށް ގަރާޖު ސިޓީ އުވާލައި ޓެކްސީ ރަޖިސްޓްރީ ކުރަން 10,000 ރުފިޔާގެ ފީއެއް ނަގަން ހަމަޖެއްސުން,

ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް ކަނޑާލުން,

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދިނުމަށް ނިންމުން,

“މި ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބަލައި މައްސަލަތައް ތަހުގީގުކުރުމަށް ކުރަންޖެހޭ ކަންކަން ކޮމިޝަނުން މި ގެންދަނީ ކުރަމުން. ކޮމިޝަނުން މައްސަލަ ބަލައި ނިންމުމުގައި ތަބާވާންޖެހެނީ ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށްކަން މި ފުރުސަތުގައި ފާހަކުރަން“ އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެ މައްސަލައެއް ބެލުމަށް އެކަށީގެންވާ މައުލޫމާތު ލިބޭ ގޮތަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ކޮމިޝަނުގައި ރަޖިސްޓްރީ ކުރަމުން ގެންދާނެ ކަމަށެވެ.

އަދި ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ރަޖިސްޓްރީ ނުކުރަން ނިންމައިފިނަމަ އެ ހާލަތުގައި އެ ކޮމިޝަނުގެ ތަހުގީގު ގަވާއިދުގެ ދަށުން، އެ މައްސަލައެއް ކޮމިޝަނުގައި އިސްތިއުނާފު ކުރުމަކީ އެ މައްސަލަ ހުށަހަޅާ ފަރާތަށް ލިބިދީފައިވާ ހައްގެއް ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *