Sunday, 18 October 2026
Ads by

ފަލަސްތީނުގެ ޙައްޤުގައި ވަކާލާތުކުރުން މަތީ ރާއްޖެ ދެމިއޮންނާނެ: އިރުތިޝާމް

ފަލަސްތީނުގެ ޙައްޤުގައި ވަކާލާތުކުރުން މަތީ ރާއްޖެ ދެމިއޮންނާނެ: އިރުތިޝާމް

ފަލަސްތީނުގެ މިނިވަންކަމާއި އިސްލާމީ އުއްމަތުގެ ޙައްޤުގައި ދިވެހިރާއްޖެއިން ކުރަމުންދާ ވަކާލާތު އެއްވެސް ގޮތަކަށް ހުއްޓާނުލައި ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ.

Ad Image
Ads by

އިރާގުގެ ބަގްދާދުގައި ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ވަޒީރު އިރުތިޝާމް ވަނީ، އިސްލާމީ އުއްމަތަށް މިހާރު ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކާއި މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސުލްހަ ގާއިމުކުރުމަށާއި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާތައް ފުޅާކޮށް، ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމަށް އެކަމަނާ އަލިއަޅުވާލެއްވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދަންސަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމުގައި ހަމަޖައްސައި، އަމިއްލަ ސިޔާދަތީ ބާރު ހިނގާ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި އޯއައިސީގެ މެންބަރު ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ރާއްޖެއިން އޯއައިސީއާ ގުޅުނުތާ 50 އަހަރު ފުރުން ފާހަގަކުރާ މިއަހަރު، އެ ޖަމްޢިއްޔާއާއި މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިސްލާމީ އުއްމަތުގެ މަސްލަހަތު އިސްކޮށްގެން މަސައްކަތްކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީއާއި ސުލްހަ މަސަލަސްކަން ގާއިމުކުރެވޭނީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ ބައިވެރިވުން ހިމެނިގެންކަން ފާހަގަކުރައްވަމުން، އެ އަމާޒަށް ވާސިލުވުމަށްޓަކައި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް ވަޒީރު ވަނީ މި ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ވަޒީރު އިރުތިޝާމް ވަނީ އޯއައިސީގެ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާ ކުރައްވާފައެވެ. އަހަރަކު އެއްފަހަރު ބާއްވާ މި ބައްދަލުވުމުގައި ވަޒީރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mn tv565
އެމްއެން ޓީވީގެ ވެރިން ސަރުކާރާއެކު ތިބެ، އެ ޗެނަލުން ސަރުކާރާ ދެކޮޅަށް ކެމްޕެއިން ކުރާތީ ފާޑުކިޔުން އަމާޒުވެއްޖެ
F47D2A68-7BC7-424C-9224-7D68C8F47C4D
ކަމަދޫ މިސްކިތުގެ ވަށާފާރުގެ 90 ޕަސެންޓް މަސައްކަތް ނިމި ރޫފް ބީމްގެ މަސައްކަތް ފަށައިފި
Irthisham in OIC meeting
ފަލަސްތީނުގެ ޙައްޤުގައި ވަކާލާތުކުރުން މަތީ ރާއްޖެ ދެމިއޮންނާނެ: އިރުތިޝާމް
Police_Shaheedh hussain building_Jumhoory maidhaan_Flag_bodu dhidha
މާލޭގެ މަގަކުން ލިބޭ ގޯނާތަކަށް ހައްލެއް ނުލިބިގެން ފުލުހުންގެ އިދާރާ ކުރިމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި