Sunday, 18 October 2026
Ads by

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި 4 މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި 4 މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް

ސިނާމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ވާޖިބު އަދާކުރަން ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ޔޫރިންގެ ވަގުތީ ނަތީޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Ad Image
Ads by

ކްރިމިނަލް ކޯޓުން ވަނީ މި ހަތަރު މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ފަތިހު 04:29 ހާއިރު ހިނގި މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް، މަގުމަތީގައި ޖަހާފައި ހުރި ބެރިކޭޑުތަކުގައި ޖެހި، އެއާއެކު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވި އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް، ދަތްތައް ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނަކާއި، ގާފަރަށް ނިސްބަތްވާ 30 އަހަރުގެ ޒުވާނަކާއި، ކުޅުދުއްފުއްޓަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނެއްގެ އިތުރުން މާލެއަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނެކެވެ. މީގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ގައިގައި ޖެއްސި ސައިކަލުގައި ތިބި ދެ މީހުންގެ އިތުރުން މި އަމަލުގައި ބައިވެރިވި އިތުރު ދެ މީހެކެވެ. އަދި މި ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއް ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަސްތުހާލުގައި ތިބެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވާފައިވާ ކަމަށް ތުހުމަތުކުރެވޭ މި މީހުންގެ ބަންދަށް ކޯޓުން ކުރު މުއްދަތެއް ދީފައި ވަނީ ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތަށް އެދުމުންނެވެ. މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ތިން މީހަކު، އަނިޔާވި މީހަކު އޭޑީކޭ ހޮސްޕިޓަލުގައި އޮތް ކަމަށް ބުނެ އެ ތަނުގައި އަޑުގަދަކޮށް، ހޮސްޕިޓަލުގެ މުވައްޒަފުންނާއި ފުލުހުންނަށް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20261018_110524
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ފްރާންސްގައި 500،000 އަށްވުރެ ގިނަ މީހުން މުޒާހަރާއަށް ނުކުމެއްޖެ
IMG_9372
މަސްތުވާތަކެތީގެ މައްސަލައެއްގައި 9 މީހުން ހައްޔަރުކޮށްފި
WhatsApp Image 2026-10-18 at 12.22
35 ގަޑިއިރަށްފަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލިކަން ރަސްމީކޮށް ސައީދު އިއުލާންކޮށްފި
Yazmeedh
ޕެންޝަން ފަންޑު 60 ބިލިއަނަށް އިތުރުކުރުމަކީ އެންމެ ބޮޑު އަމާޒު: ސީއީއޯ ޔަޒްމީދު
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި