Sunday, 18 October 2026
Ads by

ފްލައިދުބާއީ ބޯޓު މައްސަލައިގައި ހިމެނޭ ކަމަށް ބުނާ ދެ ދިވެހިންގެ ބަޔާން ނަގައިފި

ފްލައިދުބާއީ ބޯޓު މައްސަލައިގައި ހިމެނޭ ކަމަށް ބުނާ ދެ ދިވެހިންގެ ބަޔާން ނަގައިފި

ފްލައިދުބާއީގެ މަތިންދާ ބޯޓެއް

ފްލައިދުބާއީގެ ފްލައިޓަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި، ހިފެހެއްޓި ދިވެހި ދެ ޕައިލެޓުންނާ ފުލުހުން ރޭ ސުވާލުކުރުމަށްފަހު އާއިލާއާ ހަވާލުކޮށްފިއެވެ.

Ad Image
Ads by

މި މައްސަލައިގައި ހިފެހެއްޓި ދެ ދިވެހި ޕައިލެޓުން ރާއްޖެ އައީ އިއްޔެ މެންދުރު ފަހުގައިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ރޭގެ ވަގުތެއްގައި އެ ދެ ޕައިލެޓުން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އަދި އެ މީހުންނާ ސުވާލުކުރުމަށްފަހު ވަނީ އާއިލާއާ ހަވާލުކޮށްފައިއެވެ . ނަމަވެސް އެމީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

170 އަށް ވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި ފްލައިދުބާއީ ބޯޓުގެ ކެޕްޓަނަށް ކޯޕައިލެޓް ހަމަލާދިނީ ކޯރާޑިއަކުންނެވެ. ޔޫއޭއީގެ ޕްރޮސެކިއުޓާ ޖެނެރަލް ހަމަދު ސައިފް އައްޝާމިސީ ވިދާޅުވި ގޮތުގައި، ދަތުރު ފެށިތާ ދެ ގަޑިއިރާއި ބައި ފަހުން ދިން މި ހަމަލާއާ ގުޅިގެން ބޯޓު ވަނީ 17،000 ފޫޓު (5،200 މީޓަރު) ތިރިއަށް ވެއްޓިފައެވެ. ނަމަވެސް ފަސިންޖަރުން ވަނީ ކޯޕައިލެޓް ހުއްޓުވައި، ބޯޓުގެ ކޮންޓްރޯލް ހޯދާފައެވެ.

އެއަށްފަހު ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުން ވަނީ ސައުދީ އަރަބިއްޔާއަށް ބޯޓު ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ. އަނިޔާވި ކެޕްޓަން ސްމިތު މަޗްހަރަކީ އިންޑިއާގެ ރައްޔިތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mn tv565
އެމްއެން ޓީވީގެ ވެރިން ސަރުކާރާއެކު ތިބެ، އެ ޗެނަލުން ސަރުކާރާ ދެކޮޅަށް ކެމްޕެއިން ކުރާތީ ފާޑުކިޔުން އަމާޒުވެއްޖެ
F47D2A68-7BC7-424C-9224-7D68C8F47C4D
ކަމަދޫ މިސްކިތުގެ ވަށާފާރުގެ 90 ޕަސެންޓް މަސައްކަތް ނިމި ރޫފް ބީމްގެ މަސައްކަތް ފަށައިފި
Irthisham in OIC meeting
ފަލަސްތީނުގެ ޙައްޤުގައި ވަކާލާތުކުރުން މަތީ ރާއްޖެ ދެމިއޮންނާނެ: އިރުތިޝާމް
Police_Shaheedh hussain building_Jumhoory maidhaan_Flag_bodu dhidha
މާލޭގެ މަގަކުން ލިބޭ ގޯނާތަކަށް ހައްލެއް ނުލިބިގެން ފުލުހުންގެ އިދާރާ ކުރިމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި