Sunday, 18 October 2026
Ads by

ފަލަސްޠީނަށް ތާއީދުކޮށްގެން އިނގިރޭސިވިލާތުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އަނބިމީހާގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ފަލަސްޠީނަށް ތާއީދުކޮށްގެން އިނގިރޭސިވިލާތުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އަނބިމީހާގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

އިނގިރޭސިވިލާތުގެ ލިވަޕޫލްގައި އޮތް ލޭބަރ ޕާޓީގެ އަހަރީ ކޮންފަރެންސް ބާއްވާ ސަރަޙައްދުގެ ބޭރުގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން، 'ޕެލަސްތައިން އެކްޝަން' ގްރޫޕްގެ މުޒާހަރާކުރާ މީހުން ޕޯސްޓަރުތަކާއި ބޯޑުތައް ހިފައިގެން ތިބި މަންޒަރު [ފައިލް: ތެމިލާދޭ އަދެލާޖާ/ރޮއިޓާސް]

އިނގިރޭސިވިލާތުގައި ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ’ޕަލަސްޓައިން އެކްޝަން‘ އަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމާ ގުޅިގެން، އެ ޤައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޮނަތަން ޕަވެލްގެ އަނބިކަނބަލުން ސާރާ ހެލްމްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

Ad Image
Ads by

ލިޔުންތެރިޔާ ސާރާ ހެލްމް ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައި ވަނީ، ފަލަސްޠީނާއި، ’ޕެލަސްތައިން އެކްޝަން’ގެ ހަރަކާތްތަކަށް ތާއީދުކުރާ ލިޔުންތެރިންނަށް އެހީތެރިވުމަށް އެދިފައެވެ. ފްރީސްޕީޗާއި އިންސާނީ ޙައްޤުތައް މުގުރާލާއި، މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ޓެރަރިޒަމާބެހޭ ޤާނޫނުގެ ދަށުން ’ޕެލަސްޓައިން އެކްޝަން‘ އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅައި، އެ ޖަމާޢަތަށް ތާއީދުކުރުމަކީ ޖިނާއީ ކުށަކަށް ވަނީ ހަދާފައެވެ. މެޓްރޮޕޮލިޓަން ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަން ޖެހޭތޯ ބަލަމުންދާކަން ކަށަވަރުކޮށްދީފައެވެ.

ސާރާ މި ޕޯސްޓުކޮށްފައިވަނީ، މަޝްހޫރު އައިރިޝް ލިޔުންތެރިޔާ ސެލީ ރޫނީގެ ފޮތްތައް އިނގިރޭސިވިލާތުގައި ވިއްކުން ހުއްޓާލުމާ ގުޅިގެންނެވެ. ސެލީ ރޫނީގެ ފޮތްތައް ވިއްކުން ހުއްޓާލީ، އޭނާގެ ފޮތްތަކުން ލިބޭ ފައިސާ ’ޕެލަސްޓައިން އެކްޝަން’އަށް ހަދިޔާކުރާނެކަމަށް ބުނުމާ ގުޅިގެންނެވެ.

މި މައްސަލަ ބޮޑުވެފައިވަނީ ސާރާގެ ފިރިމީހާއަކީ އިނގިރޭސި ސަރުކާރުގެ އެންމެ އިސް އެއް ސެކިއުރިޓީ އޮފިޝަލަށް ވުމުންނެވެ. އިނގިރޭސި ސަރުކާރުން ވަނީ ސާރާގެ މި ބަސްތަކަކީ އޭނާގެ އަމިއްލަ ޚިޔާލެއް ކަމަށާއި، އެއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mn tv565
އެމްއެން ޓީވީގެ ވެރިން ސަރުކާރާއެކު ތިބެ، އެ ޗެނަލުން ސަރުކާރާ ދެކޮޅަށް ކެމްޕެއިން ކުރާތީ ފާޑުކިޔުން އަމާޒުވެއްޖެ
F47D2A68-7BC7-424C-9224-7D68C8F47C4D
ކަމަދޫ މިސްކިތުގެ ވަށާފާރުގެ 90 ޕަސެންޓް މަސައްކަތް ނިމި ރޫފް ބީމްގެ މަސައްކަތް ފަށައިފި
Irthisham in OIC meeting
ފަލަސްތީނުގެ ޙައްޤުގައި ވަކާލާތުކުރުން މަތީ ރާއްޖެ ދެމިއޮންނާނެ: އިރުތިޝާމް
Police_Shaheedh hussain building_Jumhoory maidhaan_Flag_bodu dhidha
މާލޭގެ މަގަކުން ލިބޭ ގޯނާތަކަށް ހައްލެއް ނުލިބިގެން ފުލުހުންގެ އިދާރާ ކުރިމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި