Saturday, 17 October 2026
Ads by

ދިއްފުށީގެ ބިން ހިއްކުން މަހެއްހާ ދުވަސްތެރޭގައި ނިމޭނެ: އެމްޓީސީސީ

ދިއްފުށީގެ ބިން ހިއްކުން މަހެއްހާ ދުވަސްތެރޭގައި ނިމޭނެ: އެމްޓީސީސީ

ކ. ދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެ ރަށު ފަޅުން ބިން ހިއްކުމަށް ވެލި އެޅުމުގެ މަރުހަލާ ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

Ad Image
Ads by

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން، ޖުމްލަ 19 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.  މިހާރުވެސް ޑްރެޖަރު ބޭނުންކޮށްގެން ބާރަށް ކުރިއަށްދާ މި މަސައްކަތުގެ ތެރެއިން، ވެލި އެޅުމުގެ ބައި ވަރަށް އަވަހަށް ނިމި، ދެން ފެށިގެންދާނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަރުހަލާއެވެ.

މި މަޝްރޫއުގައި ހަމައެކަނި ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް 500 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ރަށުގެ ރައްޔިތުންނާއި ފަތުރުވެރިން މޫދަށް އެރުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކުރުން ހިމެނެއެވެ. މި ސަރަހައްދު ހެދުމަށްޓަކައި 578 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އާބާދީގައި 1،200 އެއްހާ މީހުން ދިރިއުޅޭ ދިއްފުއްޓަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ފޯރިއާއެކު ހިނގަމުން އަންނަ ރަށެކެވެ. ނަމަވެސް މިހާރު ރަށުގައި އޮތް 23 ހެކްޓަރުގެ ބިމުން ހުރިހާ ޖާގައެއް ބޭނުންކޮށް، ބިން މުޅިން ފުރިފައިވުމުން ބޯހިޔާވަހިކަމަށާއި ވިޔަފާރީގެ އާ ފުރުސަތުތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. އަލަށް އިތުރުކުރެވޭ 19 ހެކްޓަރުގެ ބިމާއެކު ދިއްފުށީގެ ބޮޑުމިން ގާތްގަނޑަކަށް ދެގުނައަށް އިތުރުވެ، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mtcc tower
ދިއްފުށީގެ ބިން ހިއްކުން މަހެއްހާ ދުވަސްތެރޭގައި ނިމޭނެ: އެމްޓީސީސީ
download - 2026-10-17T112740
ހައިވޭގައި ފުލުހެއްގެ ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މައްސަލަ ސީޕީ ކުށްވެރިކުރައްވައިފި
Ronaldo 565
ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި