ރާއްޖޭގައި ދާދިފަހުން އުފެއްދި އަމިއްލަ ޓީވީ ޗެނެލެއް ކަމަށްވާ އެމްއެން ޓީވީގެ ވެރިން ސަރުކާރާއެކު ސިޔާސީ ގޮތުންނާއި އިދާރީ ގޮތުން މަސައްކަތް ކުރަމުންދާއިރު، އެ ޗެނެލުން ކެނޑިނޭޅި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކާ ދެކޮޅަށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރައި ކެމްޕެއިން ކުރަމުންދާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އާންމުންނާއި ސިޔާސީ ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މީޑިއާގެ މިނިވަންކަމާއި އަޚްލާޤީ މިންގަނޑުތަކަށް އަލިއަޅުވާލައި ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޓީވީ ޗެނެލެއްގެ ވެރިން ސަރުކާރުގެ މަގާމުތަކުގައި ނުވަތަ ސަރުކާރާއެކު ބަދަހި ގުޅުމެއްގައި ތިބެގެން، އެ ފަރާތްތަކުގެ ކަންކަން ފޮރުވުމަށް ނުވަތަ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމަށް ސަރުކާރާ ދެކޮޅަށް ދޮގު ޚަބަރާއި މައުލޫމާތު ފެތުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. އަދި މިއީ ނޫސްވެރިކަމުގެ ހަމަތަކާވެސް ޚިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
އެމް އެން ޓީވީގެ ވެރިން ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަމުންދާއިރު، އެޗެނަލްއިން ސަރުކާރާ ދެކޮޅަށް، ރައީސުލް ޖުމްޙޫރިއްޔާސިޔާސަތާ ދެކޮޅަށް ކެމްޕެއިން ކުރިއަށް ގެންދިއުމަކީ ދެކޮޅުޖެހޭ ކަމެއް ކަމުގި ނުބެލެވޭނެ ދެއްތޯ؟ pic.twitter.com/8aWGbTdfr1
— أَحْمَدُ صِدِّيْقُ (@AhmedSiddeeq) October 16, 2026
މީގެ އިތުރުން، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންނާއި މީޑިއާ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ، އެމްއެން ޓީވީން ގެނެސްދޭ ބައެއް ރިޕޯޓްތަކާއި ޚަބަރުތަކަކީ އެއްފަރާތަށް ޖެހިފައިވާ އަދި ހަގީގަތް އޮޅުވާލައިގެން ފަތުރާ މައުލޫމާތުތަކެއް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ގަސްދުގައި އިދިކޮޅު ހަދައި، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެއްދުމަށް އެ ޗެނެލުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.











