Saturday, 17 October 2026
Ads by

ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި

ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުރިމަތިވި ސަސްޕެންޝަނުގެ މުއްދަތު ކުޑަކޮށް، ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) އިން އޭނާއަށް ޚާއްޞަ އިނާޔަތްތަކެއް ދީފައިވާ ކަމަށް ބުނެ އިންގްލަންޑްގެ ކުރީގެ ކޯޗު ގަރެތު ސައުތުގޭޓް ސުވާލުތަކެއް އުފައްދައިފިއެވެ.

Ad Image
Ads by

މި ބަހުސް އުފެދެން ދިމާވީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައިރްލޭންޑާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުގައި އައިރްލޭންޑްގެ ޑިފެންޑަރު ދާރާ އޯޝޭއަށް އުޅަނބޮޅިން ހަމަލާދިނުމުން ރޮނާލްޑޯއަށް ރަތް ކާޑު ދެއްކި ހާދިސާއާ ގުޅިގެންނެވެ. އެ މައްސަލައިގައި އޭނާއަށް ތިން މެޗުގެ ސަސްޕެންޝަނެއް އައި ނަމަވެސް، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އެއިން އެއް މެޗު ތަންފީޒުކުރުމަށްފަހު ބާކީ ދެ މެޗުގެ އަދަބު އެކަކަށާއި ބާކީ އަހަރެއްގެ މުއްދަތަށް ސަސްޕެންޑްކޮށްދީފައެވެ.

ފީފާގެ މި ނިންމުމާއެކު، އުމުރުން 41 އަހަރުގެ ރޮނާލްޑޯއަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުތަކުގައި ކުޅުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. ނަމަވެސް، މިއީ މަޝްހޫރު ކުޅުންތެރިންނަށް އެހެން ކުޅުންތެރިންނާ ތަފާތުކޮށް އުޞޫލުތައް ބައްޓަންކުރުން ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

”ދި އަމޯލް ރާޖަން ކޮނެކްޝަން“ ޝޯގައި ވާހަކަދައްކަމުން ސައުތުގޭޓް ފާހަގަކުރި ގޮތުގައި، ކުޅުންތެރިންނާމެދު ފިޔަވަޅުއެޅުމުގެ ހުރިހާ އިޚްތިޔާރެއް އޮންނަންޖެހޭނީ ރެފްރީންނާއި މިނިވަން ޑިސިޕްލިނަރީ ޕެނަލްތަކަށް އެކޏެވެ. އަދި ވޯލްޑް ކަޕްގެ ކުރިން ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ ހިނގަމުންދިޔަ ދަނޑިވަޅުގައި، ފީފާއާ ގުޅުންހުރި ހަރަކާތަކުން އޭނާ ފެނިގެންދިއުމަށްފަހު މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅުމުގެ ހުއްދަ ލިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ސައުތުގޭޓް ބުނީ ރޮނާލްޑޯއަކީ އާދަޔާޚިލާފު މޮޅު ކުޅުންތެރިއެއް ކަމަށް އޭނާ ޤަބޫލުކުރި ނަމަވެސް، އެއީ އެހެން ކުޅުންތެރިއެއްނަމަ ފީފާއިން މިފަދަ ލުޔެއް ދޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މިފަދަ ނިންމުންތަކުގެ ސަބަބުން ކުޅިވަރުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ފޯރުމުގެ ފުރުޞަތު ބޮޑުވެ، އިންސާފުވެރި ނިޒާމަށް ބުރޫއަރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 27 ވަނަ މާއްދާގެ ދަށުން އަދަބުތައް ވަގުތީގޮތުން ސަސްޕެންޑްކުރުމުގެ ޤާނޫނީ ޖާގަ އޮންނައިރު، ރޮނާލްޑޯއަށް މި ލުއިދިނުމުގައި އޭނާ ޤައުމީ ޓީމަށް 200 އަށްވުރެ ގިނަ މެޗު ކުޅެފައިވާކަމާއި އޭނާގެ ސުލޫކީ ރެކޯޑަށް ބަލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް، މައިގަނޑު މައްސަލައަކީ ފީފާއަށް އެފަދަ ބާރެއް ލިބިގެންވުން ނޫން ކަމަށާއި، އެ ބާރުގެ ބޭނުން ހިފުމުގައި ހުރިހާ ކުޅުންތެރިންނާމެދު ހަމަހަމަކޮށް އިންސާފުވެރިކޮށް ކަންކަން ކުރެވޭތޯ ކުރެވޭ ސުވާލުތަކެވެ.

 

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Ronaldo 565
ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި