Saturday, 17 October 2026
Ads by

މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި

މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި

މެލޭޝިއާގެ ފުލުހުން ހޯދި މަސްތުވާތަކެތި -- ފޮޓޯ/ ދަ ސްޓާ

މެލޭޝިއާގެ ޖޯހޯރު ސަރަޙައްދުގައި ފުލުހުން ހިންގި ޚާއްޞަ ދެ އޮޕަރޭޝަނެއްގައި، 18.19 މިލިއަން ރިންގިޓް (4.45 މިލިއަން ޑޮލަރު) ގެ މަސްތުވާތަކެތި އަތުލައިގަނެ، ވަގަށް މަސްތުވާތަކެތި އުފައްދަން ތައްޔާރުވަމުންދިޔަ ބޮޑު ނެޓްވޯކެއްގެ އޮޕަރޭޝަން ފުލުހުން ހުއްޓުވައިފިއެވެ.

Ad Image
Ads by

މި މަހުގެ އެއްވަނަ ދުވަހު ޖޯހޯރުގެ ޓަމަން މެގާ ރިއާ އާއި ޖަލާން ޕަމާސް ސަރަޙައްދުގައި ހިންގި މި ރޭޑުތަކުގައި، ޢުމުރުން 17 އަހަރާއި 22 އަހަރާ ދެމެދުގެ ތިން ޒުވާނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ބުކިޓް އަމާން ނާކޮޓިކްސް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (އެންސީއައިޑީ) ގެ ޑިރެކްޓަރު ކޮމިޝަނަރު ހުސައިން އުމަރު ޚާން ވިދާޅުވި ގޮތުގައި، ފުލުހުންގެ އޮޕަރޭޝަނުގައި 106 ކިލޯއަށް ވުރެ ގިނަ އެމްޑީއެމްއޭ ޕައުޑަރާއި، އެހެނިހެން ބާވަތްތަކުގެ މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ތަފާތު ކެމިކަލްތަކާއި އާލާތްތައް ވަނީ ހޯދައިފައެވެ.

ޖޯހޯރުގެ ފުލުހުންގެ މައި މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚާން ފާހަގަކުރެއްވި ގޮތުގައި، އަތުލައިގަނެވުނު ތަކެއްޗަކީ ގާތްގަނޑަކަށް 426،000 މީހުންނަށް އޭގެ ނުރައްކާ ފޯރާނެ މިންވަރުގެ މަސްތުވާތަކެއްޗެވެ. އަދި މި ނެޓްވޯކަކީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި މަސައްކަތް ފެށި ނެޓްވޯކެއް ކަމަށާއި، ފުލުހުން ރޭޑުކުރި ވަގުތަކީވެސް ލެބޯޓަރީ ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނެޓްވޯކުން ކެމިކަލްތަކާއި އާލާތްތައް ރައްކާކުރުމަށް ފިހާރަތަކެއް ބޭނުންކުރިއިރު، މަސްތުވާތަކެތި އުފައްދާ ލެބޯޓަރީއެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޓެރަސްއެއް ހުންނަ ގެއެކެވެ. ފުލުހުން ބުނި ގޮތުގައި، އެ ނެޓްވޯކުން މަސްތުވާތަކެތި އުފެއްދުމަށް ބޭރު ގައުމުތަކުން ކެމިސްޓުން ގެނައުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ، މަސްތުވާތަކެތި އުފައްދައި ވިއްކުމުގެ ޢަމަލީ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ. ނަމަވެސް، މި ނެޓްވޯކާ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅުން އޮތް ކަމަށް ބެލެވޭކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު މެތަމްފެޓަމިންއަށް ޕޮޒިޓިވްވެފައިވީ ނަމަވެސް، އެއިން އެއްވެސް މީހެއްގެ ކުށުގެ އެއްވެސް ރެކޯޑެއް ކުރިން ނެތް ކަމަށް މެލޭޝިއާގެ ފުލުހުން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި