Saturday, 17 October 2026
Ads by

ހޮރްމޫޒް ކަނޑުއޮޅީގެ ނުރައްކާ އިންތިހާއަށް ބޮޑުވެއްޖެކަމަށް ޔޫކޭއެމްޓީއޯ އިން އިންޒާރުދީފި، ބޯޓެއް އަޑިއަށް ހިނގައްޖެ

ހޮރްމޫޒް ކަނޑުއޮޅީގެ ނުރައްކާ އިންތިހާއަށް ބޮޑުވެއްޖެކަމަށް ޔޫކޭއެމްޓީއޯ އިން އިންޒާރުދީފި، ބޯޓެއް އަޑިއަށް ހިނގައްޖެ

އީރާނުގެ ވެރިރަށް ޓެހެރާނުގައި ހަރުކޮށްފައި ހުރި ޓްރަމްޕު-އީރާން ބޮޑު ޕޯސްޓަރެއް. (އޭއެފްޕީ)

ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށް އޮތް ނުރައްކާ ’ވަރަށް ބޮޑު‘ ކަމަށާއި، އިތުރު ޙަމަލާތަކެއް ދިނުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން އިންޒާރުދީފިއެވެ.

Ad Image
Ads by

މި އިންޒާރު ދީފައިމިވަނީ، އޮކްޓޯބަރު 11 އިން 13 އަށް އެ ސަރަޙައްދުން ދަތުރުކުރި 8 ބޯޓަކަށް ޙަމަލާދީފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ހިމެނޭ ސިންގަޕޫރުގެ ކޮންޓެއިނަރ ބޯޓެއް ކަމަށްވާ ’ޖީއެފްއެސް ޕްރައިޑް‘ އަށް ޙަމަލާ އެރުމުގެ ސަބަބުން އަލިފާން ރޯވެ، އޮކްޓޯބަރު 14 ވަނަ ދުވަހު އެ ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ. ނަމަވެސް ބޯޓުގައި ތިބި 21 ފަޅުވެރިން ވަނީ ސަލާމަތްކުރެވިފައެވެ.

ޔޫކޭއެމްޓީއޯ އިން ބުނާގޮތުގައި އީރާނުގެ އައިއާރުޖީސީން ދަނީ މެދުކެނޑުމެއްނެތި ބޯޓުތަކަށް އުނދަގޫކޮށް ޙަމަލާދެމުންނެވެ. އަދި ބޯޓުތަކުގެ ލޮކޭޝަން އަންގައިދޭ ނިޒާމު (އޭއައިއެސް) ޖައްސައިގެން ދަތުރުކުރާ ބޯޓުތަކަށް އޮތް ނުރައްކާ ބޮޑުކަމަށްވެސް ވަނީ އިންޒާރުދީފައެވެ.

މި ނުރައްކާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުގެ ޢަދަދު ވަނީ ހަނގުރާމައިގެ ކުރިން އޮތް މިންވަރަށްވުރެ ވަރަށް ބޮޑަށް ދަށްވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި