Saturday, 17 October 2026
Ads by

ގެދޮރު ލޯނުގެ އިކުއިޓީއަށް ސަރުކާރުން ދެ ލައްކަ ރުފިޔާގެ އެހީއެއް ދެނީ

ގެދޮރު ލޯނުގެ އިކުއިޓީއަށް ސަރުކާރުން ދެ ލައްކަ ރުފިޔާގެ އެހީއެއް ދެނީ

"ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމް ރައީސް އާއްމުންނާ ބައްދަލުކުރައްވަނީ ---

ގޯތިގެދޮރު އިމާރާތްކުރުމަށް ބޭންކުތަކުން ދޫކުރާ ލޯނުތައް ހޯދުމުގައި އާންމުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ އިކުއިޓީ ފައިސާ ދެއްކުމަށް އެހީތެރިވުމުގެ ގޮތުން، ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ މާލީ އެހީއެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން ހާމަކުރެއްވީ ”ރައްޔިތުންގެ އަޑު“ ސިލްސިލާގެ 10 ވަނަ ޕްރޮގްރާމްގައި، ހުޅުމާލެއިން ލިބިފައިވާ ގޯތީގައި ގެދޮރު ބިނާކުރުމަށް ބޭންކު ލޯނު ނެގުމުގައި ހުރަސްތަކެއް ހުރިކަމަށް ބުނެ އާންމު ރައްޔިތަކު ހުށަހެޅި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.

އާންމުކޮށް ބޭންކުތަކުން ލޯނު ދޫކުރަނީ ޖުމްލަ އަދަދުގެ ފަސް އިންސައްތަ އިކުއިޓީގެ ގޮތުގައި ދެއްކުމުން ކަމަށްވާއިރު، އެ ފައިސާ އެއްފަހަރާ ދެއްކުމަކީ ގިނަ އާއިލާތަކަކަށް ނުހުއްޓެވޭވަރުގެ ބޮޑު ތަކުލީފެކެވެ. ރައީސް ވިދާޅުވީ ގެދޮރު ނުހެދިފައި ތިބި ފަރާތްތަކަށް ބޭންކިން ނިޒާމުގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދީ، އުސޫލުތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަކީ ސަރުކާރުން އިންތިހާއަށް އިސްކަންދޭ ކަމެއް ކަމަށެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ޚާއްސަ ސްކީމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެކަމަށް ބޭނުންވާ ފައިސާ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި އެހީއަކީ އަނބުރާ ދައްކަންޖެހޭ ލޯނެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއް ގޯއްޗެއްގެ ހައްގުވެރިންގެ ގޮތުގައި އާއިލާގެ ތިން ހަތަރު މީހުން ތިބެގެން އެކުގައި އެދިއްޖެނަމަ ޖުމްލަ އެކުއެކީގައި މިލިއަނެއްހާ ރުފިޔާގެ އެހީ ސަރުކާރުގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ.

ގޯތިގެދޮރުގެ ދަތިކަން ހައްލުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، އާ އުސޫލުގެ ދަށުން މާލޭގެ ގިނަ ބަޔަކަށް ގެދޮރު އިމާރާތްކުރުމުގެ ލޯނު ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި