Ads by
ޚަބަރު
ޢަޒުމު ކަނޑައަޅަންވީ އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރުމަށް: ރައީސް ޞާލިޙް

ޢަޒުމު ކަނޑައަޅަންވީ އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރުމަށް ކަމަށް ރައީސް މުޙައްމަދު ޞާލިޙް ގޮވައިލައްވައިފިއެވެ.

Ads by Eki Online

ކީރިތި ރަސޫލާﷺ ގެ އީދު މީލާދީ ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ކީރިތި މާތް ނަބިއްޔާގެ އީދު މީލާދުގެ މުނާސަބާ ފާހަގަކުރާއިރު، އަޒުމު ކަނޑައަޅަންވީ އިތުރު އެކަލޭގެފާނުގެ މާތް ސީރަތުން ލިބިދޭ ފިލާވަޅުތަކުން، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާހު ކުރުމަށް ކަމަށެވެ.

އަދި މި ޚިޠާބުގައި ކީރިތި މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯއްޓަކީ ސުލްހަވެރިކަމާއި އަމާންކަންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ ކީރިތި ރަސޫލާﷺ ގެ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ، މީސްތަކުންގެ މެދުގައި ސުލްޙަވެރިކަން ޤާއިމު ކުރައްވާ މުޖްތަމަޢު އަމާން ކުރެއްވުން ކަމަށާއި، އިސްލާމީ ދައުވަތު ފެތުރުއްވުމުގައި ދެމެހެއްޓެވި އަސާސަކީ ވެސް މީސްތަކުންނަށް ޢަފޫކުރެއްވުމާއި އޯގާތެރިވުމާއި އެހީތެރިވުމުގެ މަތިވެރި ސިފަތައްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ކީރިތި ރަސޫލާﷺ އަމަލީ ގޮތުން ދެއްކެވި އަދަބު އަހްލާގުގެ މަތިވެރި ސިފަތަކުގައި ހިފާ އަމިއްލަ ދިރިއުޅުން ބާއްޖަވެރި ކުރަން ގަދަ އަޅާ މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން މައިންބަފައިންނަށް ކަމޭހިތުމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ދެމެހެއްޓުމާއި އިޖްތިމާއީ ގުޅުންތައް ބަދަހިކުރުމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ މުހިންމު އަސާސްތައްކަން އެމަނިކުފާނު ވަނީ ހިތޯބުގައި ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަހުންނާއި އުހުތުންނަށް މި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސް ފޮނުއްވާފައި ވެއެވެ.

ކީރީތި ރަސޫލާﷺ ގެ އީދުމީލާދީ ފާހަގަ ކުރަމުން ދަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހަކީ ކީރިތި ރަސޫލާﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަހެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *