Saturday, 17 October 2026
Ads by

ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ

ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ

އިޒްރޭލުން ޣައްޒާއަށް ބޮންއަޅާ ސުންނާފަތިކޮށްލުމަށްފަހު ބިމާހަމަނުވެ ހުރި ސްކޫލެއްގެ އިމާރާތެއް ދެއްކުމަށްފަހު އިޒްރޭލު އަސްކަރިއްޔާއަށް އެތަން ބިމާހަމަކުރުމަށް ހިތްވަރުދިން އިންޑިއާގެ ސިޚް ނަސްލުގެ ހަރްމަން ސިންގް (ފޮޓޯ ކޮލާޖު)

ޣައްޒާގެ އިމާރާތްތައް ސުންނާފަތިނުކޮށްލާ ހުރީ ކީއްވެތޯ ސުވާލުކޮށް އިޒްރޭލު ސިފައިންނަށް ގޮވާލައި ވީޑިއޯއެއް ހެދި ލަންޑަނުގައި ދިރިއުޅޭ ސިކް ނަސްލުގެ ހިންދޫ މީހެއްގެ ރެސްޓޯރެންޓަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވެއްޖެއެވެ. ހިންދޫ އަދި ސިޚް ދީނުގެ މައިންބަފައިންނަށް އުފަން ހަރްމަން ސިންގް ކަޕޫރު ދަނީ ކެނޑިނޭޅި އިސްލާމްދީނާ މުސްލިމުންނާ ދެކޮޅަށް ސޯޝަލްމީޑިއާގައި ޕޯސްޓުކޮށް ނަފްރަތު އުފައްދާ ނަސްލީގޮތުން މީހުންނާ ދިމާކޮށް ފާޅުކުރަމުންނެވެ.

Ad Image
Ads by

ހަރްމަން ސިންގް ވަނީ ފާއިތުވި ސެޕްޓެމްބަރު މަހު، ޣައްޒާގައި ހުރި ސްކޫލެއްގެ އިމާރާތެއް ދައްކާލުމަށްފަހު، އެތަން ބިމާހަމަނުކޮށް ހުރީ ކީއްވެތޯ އަހައި އިޒްރޭލުގެ ބޮޑުވަޒީރަށާއި ސިފައިންނަށް ގޮވާލާފައެވެ. ގިނަ ބަޔަކު މިކަން ސިފަކުރީ ޣައްޒާ ސުންނާފަތިކުރުމަށް އޭނާ ހިތްވަރުދިނީ ކަމުގައެވެ.

މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާގެ ’ސިންގްސް ޑައިނިންގ‘ ރެސްޓޯރެންޓާ ދެކޮޅަށް އޮންލައިންކޮށް ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ގޫގުލްގައި ގިނަ ޢަދަދަކަށް 1-ތަރީގެ ރިވިއުތައް ދީ، ރެސްޓޯރެންޓުގެ ރޭޓިންގ ވަނީ ވަރަށް ބޮޑަށް ދަށްކޮށްލާފައެވެ. މީގެ އިތުރުން ރެސްޓޯރެންޓުގެ ވެބްސައިޓް ހެކްކޮށް، އޮންލައިންކޮށް އޯޑަރު ނުނެގޭގޮތް ވަނީ ހަދާފައެވެ.

މިކަމާ ގުޅިގެން ރެސްޓޯރެންޓަށް ލިބެމުންދާ އާމްދަނީ ދަށްވެ، ކުލި ނުދެއްކިގެން ކޯޓަށް ދާންޖެހިދާނެކަމުގެ ބިރު ހީވޭފައިވާކަމަށް ހަރްމަން ސިންގު ވަނީ ބުނެފައެވެ. އޭނާ މިހާރު ވަނީ ވިޔަފާރި ސަލާމަތްކޮށްދިނުމަށް އެދި ޢާންމުންގެ ކިބައިން އާދޭސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި