Ads by
ޚަބަރު
ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Eki Online

އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، މި ފުރުސަތު ހުޅުވާލާފައި ވަނީ 24 އޮކްޓޯބަރު 2023ގެ ނިޔަލަށްކަމަށެވެ.

މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ދިވެހިރާއްޖެ އިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ 9 ވަނަ މާއްދާގެ ރ ގައި، ޢުމްރާއަށް މީހުން ގެންދިޔުމަށް ކޮންމެ މީލާދީ އަހަރަކު ދެ ފަހަރު އިޢުލާން ކުރަން ވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މިއީ މި އަހަރުތެރޭ އިޢުލާން ކުރެވޭ ދެ ވަނަ ފަހަރު ކަމަށެވެ.

އަދި މީގެ އިތުރުން އިމްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ، ޢުމްރާއަށް މީހުން ގެންދިޔުމަށް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް ދެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ހުއްދައަށް ހުޅުވާލުމާއެކު މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކަށް ވެސް މިކަމަށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ވެސް ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބޭން ހުންނާނެކަމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައި ވަނީ 08 އޮކްޓޯބަރ ވާ އަންގާރަ ދުވަހުން ފެށިގެން 24 އޮކްޓޯބަރ ވާ އަންގާރަ ދުވަހުގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *