Ads by
ޚަބަރު
ދެ ދުވަސް ތެރޭގައި ފްލެޓާއި ގޯއްޗަށް އެދި 2،000 އަށްވުރެ ގިނަ ފޯމް

މާލޭގައި 20 އަހަރު އުޅެފައިވާ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ދޫކުރާ ގޯއްޗާއި މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ދޫކުރާ ފްލެޓަށް މިހާތަނަށް 2،000 އަށްވުރެން ގިނަ މީހުން ފޯމް ހުށައަޅައިފިއެވެ.

Ads by Eki Online

ޕްލޭނިން މިނިސްޓްރީން ބުނީ މިހާތަނަށް 2446 މީހުން ގޯއްޗާއި ފްލެޓަށް އެދިފައިވާކަމަށެވެ. އޭގެ ތެރެއިން 1399 މީހަކު ގޯއްޗަށް ކުރިމަތިލާފައިވާކަމަށާއި 1047 މީހަކު ފްލެޓަށް ކުރިމަތިލާފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ.
ސަރުކާރުން ކުރިއަށް ގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދެވަނަ ފިޔަވަހީގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅުންނެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފުލެޓް ދޫކުރުމަށްވެސް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުންނެވެ.

“ބިންވެރިޔާ” ސްކީމާއި “ގެދޮރުވެރިޔާ” ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓްއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގަ އެވެ. މި ބުރުގައި މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި “ބިންވެރިޔާ” ސްކީމުން ނުވަތަ “ވެށިފަހި މާލެ ޕްރޮގްރާމް” ގެ ދަށުން ގޯއްޗެއް ލިބިފައިވާ މީހަކަށް ވެގެންނުވާނެއެވެ.

މިފަހަރު ހުޅުވާލާފައިވާ ފުރުސަތުގައި މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވާ މީހުންނާއި ދަފްތަރުގައި ޖެހިފައިތިބި 20 އަހަރުވެފައިވާ މީހުންނާވެސް ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭނެއެވެ. އަދި ފެލްޓަށް ކުރިމަތިލެވޭނީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ މީހުންނާށާއި މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.

މީގެ އިތުރަށް ސަރުކާރުން މިހާރު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 15 އަހަރުވެފައިވާ މީހުންނަށް ޚާއްސަކޮށްގެން 300 ފްލެޓް ދިނުމަށްވެސް ނިންނަމަވާފައެވެ.

ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން “ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދުމުގެ ފުރުސަތު އަންނަމަހުގެ 24 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ހައްޖަ...9 މަސް ކުރިން

ކޮބާހޭ... ކުރިން ހުށައެޅި ފުލެޓް ލިސްޓުގެ ދާއިމީ ލިސްޓް ނެރެން ނުކެރިގެން އެއުޅެނީ ވޯޓުން ބަލިވާތީތަ؟

0
0