ދުނިޔޭގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ކޮންޓެއިނަރ ބޯޓެއް ކަނޑުމަތީގެ މައިނެއްގައި ޖެހި ގޮވުމުގެ ސަބަބުން ބޯޓުގައި އަލިފާން ރޯވެއްޖެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން އައިއާރުޖީސީއާ ޙަވާލާދީ ބުނެފައިވާ ގޮތުގައި، މި ބޯޓު މައިނެއްގައި ޖެހުނީ ”ހުއްދަނެތް އަދި ނުރައްކާތެރި މަގަކުން“ ދަތުރުކުރަން އުޅުމުގެ ތެރޭގައެވެ. އަދި އެ ބޯޓުގައި ހުރީ ”ޤާނޫނާ ޚިލާފު މުދާ“ ކަމަށްވެސް އައިއާރުޖީސީން ވަނީ ތުހުމަތުކޮށްފައެވެ.
މި ޙާދިސާއިން ކަށަވަރުވެގެންދަނީ ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން މައިން އަޅާފައިވާކަމެވެ. މިއީ ސީދާ ޙަމަލާދިނުމަށްވުރެ މާ ނުރައްކާތެރި ކަމެކެވެ. ސަބަބަކީ މައިންތަކުގެ ސަބަބުން އެ ސަރަޙައްދުން ދަތުރުކުރާ ކޮންމެ ބޯޓަކަށްވެސް ކުއްލި ނުރައްކަލަކާ ކުރިމަތިވުމުގެ ބިރު އޮތުމެވެ. މީގެ ކުރިން އީރާނުން ވަނީ ޓްރާންސްޕޮންޑަރ ނިއްވާލައިގެން ދަތުރުކުރި ތެޔޮ އުފުލާ ބޯޓުތަކަށްވެސް ސީދާ ޙަމަލާތަކެއް ދީފައެވެ.














