Saturday, 17 October 2026
Ads by

ޔަމަނުގެ ވެރިރަށް ޞަންޢާ ކައިރީގައި ހުރި ތެޔޮ ގުދަނަކަށް ސަޢޫދީ ކޯލިޝަނުން ޙަމަލާދީފި

ޔަމަނުގެ ވެރިރަށް ޞަންޢާ ކައިރީގައި ހުރި ތެޔޮ ގުދަނަކަށް ސަޢޫދީ ކޯލިޝަނުން ޙަމަލާދީފި

2026 އޮކްޓޯބަރު 9 ގައި، ސަޢޫދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ޙޫޘީންގެ ބާރުގެ ދަށުގައި އޮތް ޔަމަނުގެ ވެރިރަށު ޞަންޢާއަށް ދިން ކަމަށް ބުނާ ވައިގެ ޙަމަލާއެއްގެ ސަބަބުން ދުމުގެ އަސަރުތަކެއް އަރަމުންދާ މަންޒަރު. (އޭ.އެފް.ޕީ)

ޔަމަނުގެ ވެރިރަށް ޞަންޢާގެ ކައިރީގައި ހުރި މުހިންމު ތެޔޮ ގުދަނަކަށް ސަޢޫދީ ކޯލިޝަނުން ވަރުގަދަ ވައިގެ ޙަމަލާއެއް ދީފިއެވެ.

Ad Image
Ads by

މި ޙަމަލާ ދިނުމުގެ ކުރިން، ސައޫދީ ކޯލިޝަނުން ވަނީ ޞަންޢާގެ ހުޅަނގުން އޮންނަ އަލް-ސަބާހާ ސަރަޙައްދުގައި ހުރި ޔަމަން ޕެޓްރޯލިއަމް ކޮމްޕެނީ (ވައިޕީސީ) ގެ ތެޔޮ ގުދަން ކައިރީގައި ދިރިއުޅޭ ޢާންމުން އެ ސަރަޙައްދުން ދުރުވުމަށް އަންގައި އިންޒާރު ދީފައެވެ. މި އިންޒާރަށްފަހު، އެ ތަނަށް ވަނީ ބޮން އަޅާފައެވެ. ނަމަވެސް ވައިޕީސީ އިން ބުނެފައިވަނީ އެ ގުދަނުގައި މިވަގުތު އެއްވެސް ތެލެއް ރައްކާކޮށްފައި ނުވާނެ ކަމަށެވެ.

ސަޢޫދީއިން ޞަންޢާއަށް ޙަމަލާދިނުމަށް އިންޒާރު ދިނުމާއެކު، ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ވަނީ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައެވެ. އޭނާ ބުނެފައިވަނީ ރިޔާޟްގެ އެއަރޕޯޓަށާއި، ރިޔާޟްގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާއަކަށާއި، އަދި ދައްމާމްގައި ހުރި ސަޢޫދީ އަރާމްކޯގެ މަރުކަޒަށް ޙަމަލާދޭނެ ކަމަށެވެ.

އަދި މިތަންތަނާ ކައިރީގައި އުޅޭ ސަޢޫދީގެ ޢާންމު ރައްޔިތުންނާއި މަސައްކަތްތެރިން އެތަންތަނާ ދުރަށް ދިއުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި