Saturday, 17 October 2026
Ads by

ބީ.އެމް.އެލް ޓެކް އިންޓަރންޝިޕް ޕްރޮގްރާމްގެ ފުރުސަތު ހުޅުވާލައިފި

ބީ.އެމް.އެލް ޓެކް އިންޓަރންޝިޕް ޕްރޮގްރާމްގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން، ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށް އަމާޒުކޮށް، ”ބީ.އެމް.އެލް ޓެކް އިންޓަރންޝިޕް ޕްރޮގްރާމް“ ގެ ދަށުން މުހިންމު ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

Ad Image
Ads by

ގައުމުގެ އެންމެ އިސް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބީ.އެމް.އެލް އިން މިފަދަ ޕްރޮގްރާމެއް ފެށުމުގެ މައިގަނޑު މަގުސަދަކީ، ޒުވާނުންނަށް އަމަލީ ވަޒީފާގެ ތަޖުރިބާ ހޯދައިދިނުމާއި، އެމީހުންގެ ހުނަރުތައް ތަރައްގީ ކުރުމަށް ފަހި މާހައުލެއް ބިނާކޮށްދިނުމެވެ. މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 12 އޮކްޓޯބަރ 2026 އިން ފެށިގެން 22 އޮކްޓޯބަރ 2026 އަށް ވަނީ ހުޅުވާލައިފައެވެ.

މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ލައިވް ޕްރޮޖެކްޓްތަކުގައި ބައިވެރިވެ، އިންޑަސްޓްރީގެ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ފަންނީ މާހިރުންގެ މެންޓޯޝިޕްގެ ދަށުން އަގުހުރި ހުނަރުތަކެއް އުނގެނި، ޓެކްނިކަލް އަދި ޕްރޮފެޝަނަލް ހުނަރުތައް ތަރައްގީ ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. ޕްރޮގްރާމްގެ މުއްދަތަކީ 1 އަހަރައްވާއިރު، ބައިވެރިވާ ކޮންމެ އިންޓާރނަކަށް ވެސް އަހަރެއްގެ ފެށުމުގައި މުހިންމު ޕަރފޯމަންސް އޮބްޖެކްޓިވްސްތަކެއް ކަނޑައެޅޭނެއެވެ. އަދި މަސައްކަތުގައި އިރުޝާދު ދިނުމަށްޓަކައި ލައިން މެނޭޖަރަކާއި މެންޓަރަކު ވެސް ކަނޑައެޅޭނެއެވެ. މަސައްކަތު ގަޑިއަކަށް ކަނޑައަޅާފައި ވަނީ ދުވާލަކު 6 ގަޑިއިރެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި މަހަކު 11,000 ރުފިޔާގެ އެލަވަންސަކާއި، ރަމަޟާން ބޯނަސް ލިބުމުގެ ހައްގު ހިމެނެއެވެ. މީގެ އިތުރުން، އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއާއި، ބަލިވުމުގެ ސަބަބުން ނުވަތަ އާއިލީ ކުއްލި ހާލަތްތަކަށް 10 ދުވަހުގެ ޗުއްޓީ ވެސް ލިބޭނެއެވެ. މި ފުރުސަތަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ، ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ތައުލީމު ފުރިހަމަކޮށްފައިވާ ދިވެހީންނަށެވެ. މީގެ އިތުރުން، މި ދާއިރާއިން ފަންނީ ހުނަރު ހުރި ފަރާތްތަކަށްވެސް ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

ޕްރޮގްރާމްގެ އަހަރު ނިމޭއިރު ބޭންކްގެ ޕޮލިސީތަކަށް ތަބާވެ، ރަނގަޅު މަސައްކަތެއް ދައްކައި، ހާޒިރީ ރަނގަޅު އިންޓާރނުންނަށް ޕްރޮގްރާމް ނިންމިކަމުގެ ސެޓްފިކެޓެއް ދޫކުރެވޭނެއެވެ. އިންޓަރންޝިޕްގެ މުއްދަތުގައި އާމްދަނީއެއް ލިބުމުގެ އިތުރުން، އިންޑަސްޓްރީގެ ތަފާތު ތަޖުރިބާތައް ހޯދުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ. ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާ ބައިވެރިންގެ ތެރެއިން ރަނގަޅު ކެޕޭބިލިޓީ ދައްކާ ފަރާތްތަކަށް ބީ.އެމް.އެލް އިން ފުލް-ޓައިމް ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމަށް ވެސް ހަމަޖެހިފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި