Ads by
ޚަބަރު
މުޢިއްޒު ރައްޔިތުންނަށް: ބަދަލު ނުހިފާނަން, އެއްވެސް މީހަކާ ޒާތީ ނުވާނަން

އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް މީހަކާ ބަދަލު ނުހިފާނެ ކަމަށާއި އެއްވެސް މީހަކާ ޒާތީ ވެސް ނުވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އޮންލައިން ނޫހަކަށް ދެއްވީ ވީޑިއޯ އިންޓަވިއުއެއްގައި މުޢިއްޒު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް މީހަކާ ޒާތީ ވާނެ މީހެއް ނޫން ކަމަށެވެ. އަދި އަނިޔާވެރިވުމުގެ ސަގާފަތް ނިމުމަކަށް ގެންނަވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

“އަޅުގަނޑަކީ އެއްވެސް މީހަކާއި ޒާތީވާނެ މީހެއް ނޫން އިނގޭތޯ. އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނަން. އެކަކަށްވެސް، އެކަކަށްވެސް އަނިޔާއެއް ނުކުރާނަން. ބަދަލުހިފުމެއް ނޯންނާނެ އަޅުގަނޑުގެ އިނގޭތޯ” މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ހަގީގީ މާނައިގައި ޖުޑީޝަރީ ހިންގުމުގެ ފުރުސަތު ދޭނެ ކަމަށާއި ޖުޑީޝަރީ އަކީ މިވަގުތު ސަރުކާރުގެ އެކި ކަހަލަ ނުފޫޒު ފޯރާތަނެއް ކަމަށެވެ.

“އެކަން ހުއްޓުވާނަން ފުރަތަމަ ދުވަހުން ފެށިގެން” މުއިއްޒު ވިދާޅުވިއެވެ.

އަނިޔާވެރިކަމާއި ބަދަލު ހިފުން ނިމުމަކަށް ގެނެވޭނީ ޖުޑީޝަރީ މިނިވަން ވެގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *